ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ހަތް މަސް ފުރިގެން ދިޔައިރު ރާއްޖޭގެ އާސަންދަ ނިޒާމު ވަނީ ފަހަތށް ސޮއްސާލާފައިކަމަށް އެމްޑީޕީގެ ޕީޖީ ލިޑަރު އިބްރާހިމް ނާޒިލު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅާފައި އޮތް ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބަހުސްގައި ވާހަކަ ދައްކަމުން ނާޒިލު ވިދާޅުވީ، މިސަރުކާރު ވެރިކަމަށް ގެނައީ ކުރީ ސަރުކާރު ގޯސްވެގެން ކަމަށާއި ނަމަވެސް ވެރިކަން ބަދަލުވިފަހުން 7 މަސް ވެފައިވާއިރު އަދިވެސް މަޖިލީހުން އިވެނީ ކުރީ ސަރުކާރުން ކަންތައްތަކެއް ނުކޮށްދިން ވާހަކައިގެ އަޑު ކަމަށެވެ. އަދި މި ސަރުކާރުން އެކަންކަން ރަނގަޅުކުރަން ކުރެވުނު ކަމެއް ނެތްކަމަށް ނާޒިލް ވިދާޅުވިއެވެ.
ނާޒިލް ވިދާޅުވީ މިސަރުކާރުން އާސަންދަ ނިޒާމްވެސް ގަޑުބަޑު ކޮށްފައިވާ ކަމަށާއި ކުރިން އެޚިދުމަތް ލިބެމުންދިޔަ އިންޑިއާ އިންވެސް މިހާރު އާސަންދަ ރަނގަޅަށް ނުލިބޭ ކަމަށެވެ. އެހެންކަމުން އާސަންދަ އާއި އެންސްޕާގެ ޚިދުމަތް ހަރުދަނާ ކުރުމަށް ނާޒިލް މިއަދު ވަނީ ގޮވާލައްވާފައެވެ.
އާސަންދަ ޚިދުމަތް ތައިލޭންޑުންނާއި ދުބާއީންނާއި ސިންގަޕޫރުން ލިބޭނެ ވާހަކަ. އެންމެ ކުޑަމިނުން ކުރިން ލިބެމުންއައި އިންޑިއާ އިންވެސް މިހާރު ނުލިބޭ
މީގެ އިތުރުން ނާޒިލްވަނީ މިސަރުކާރަށް ނިސްބަތްވާ މެންބަރުން ކުރީ ސަރުކާރުން ސިއްހީ ދާއިރާއަށް އިހުމާލުވެފައިވާ ކަމަށް ތުހުމަތުކުރާ ކުރުންތަކަށްވެސް މިއަދުގެ ޖަލްސާގައި ރައްދު ދިފައވެެ.
އެގޮތުން މި ސަރުކާރުގެ ވެރިން ވެރިކަމަށް އައީ ކުރީ ސަރުޚަރޭ ކިޔައި ރައްޔިތުންނަށް ޚިދުމަތްދިނުމުގައި ބަހަނާ ނުދައްކާނެ ކަމުގެ ވައުދާއެކު ކަމަށެވެ. އަދި ކުރީ ސަރުކާރޭ ކިޔައިގެން ރައްޔިތުން ބިކަކޮށް ނިކަމެތި ކުރަން ސަރުކާރުން އުޅެނީތޯވެސް ނާޒިލު ސުވާލު އުފެއްދެވިއެވެ.
އާސަންދައިގެ ޚިދުމަތާ މެދު ޏާޒިލުގެ ކަންބޮޑުވުން ފާޅުކުރިއިރު، އާސަންދަ ޚިދުމުތަުގެ ފެންވަރު ދަށްވެ އަދި ޚިދުމަތް ދިނުމުގައި ތަފާތުކުރުން ގެންގުޅޭކަމުގެ ތުހުމަތު ގިނަ ރައްޔިތުން ދަނީ ކުރަމުންނެވެ.