May 1, 2026
Advertisement
މޭޑޭގައި ބޮޑު ރެލީއެއް، ސަރުކާރުން އެކަމަށް ހުރަސް އަޅަން އިތުރު ރެލީތަކެއް ބާއްވާކަމުގެ އަޑުތަކެއް!
މޭޑޭގައި ބޮޑު ރެލީއެއް، ސަރުކާރުން އެކަމަށް ހުރަސް އަޅަން އިތުރު ރެލީތަކެއް ބާއްވާކަމުގެ އަޑުތަކެއް! / އަދަދު

މޭޑޭގައި ބޮޑު ރެލީއެއް، ސަރުކާރުން އެކަމަށް ހުރަސް އަޅަން އިތުރު ރެލީތަކެއް ބާއްވާކަމުގެ އަޑުތަކެއް!

May 1, 2026, 02:21 PM
މާލެ ސިޓީ

ކޮންމެ އަހަރަކުވެސް މަސައްކަންތެރިންގެ ދުވަހާ ގުޅުވާ ބޮޑު ރެލީތައް ބާއްވަމުން އަންނައިރު މި އަހަރު ވެސް އެފަދަ ރެލީއެއް ބާއްވަން މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ) އިން މާކުރިން ނިންމާފައިވަނިކޮށް ސަރުކާރުން އެކަމަށް ހުރަސް އަލަން އިތުރު ރެލީތަކެއް ބާއްވަން އުޅޭ ކަމުގެ އަޑު ފެތުރިއްޖެއެވެ.

Advertisement

މަސައްކަތްތެރިންގެ ހައްގުތަކުގެ ދިފާއުގަައި އަޑުއުފުލައި އެ ހައްގުތައް ކަށަވަރުކޮށްދިނުމަށް މަސައްކަތްކުރާ އެ ޖަމްއިއްޔާއިން މޭޑޭގައި ރެލީއެއް އާންމު އުސޫލުން ބާއްވާނެ ކަން ކުރިން އިއުލާންވެސް ކޮށްފައިވަނިކޮށް، ސަރުކާރުގެ އެކި މިނިސްޓްރީތަކާއި ސަރުކާރުގެ ކުންފުނިތަކުން އިންތިޒާމުކޮށްގެން ރެލީތަކެއް ބޭއްވުމަށް ރާވާފައިވާ ކަމަށް ވެއެވެ.

މޭމަހުގެ އެއްވަނަ ދުވަހު، މަސައކްތެރިންގެ ރެލީއެއް އާތިފިޝަލް ބީޗުގައި ދުވަހުގެ ހަވީރު 4 ޖަހާއިރު އޮންނާނެ ކަމަށް އިއުލާންކޮށް އެމްޓީޔޫސީއިން އެޕްރިލް 27 ވަނަ ދުވަހު އެކްސްގައި ވަނީ، މި މޭ ޑޭގައި އެންމެން އެކުގައި ތެދުވަންވީ ކަރާމާތާއި، އިންސާފުވެރި ޝަރުތުތަކާއި، ބިރެއް ނެތި އިންތިޒާމުކުރުމުގެ މިނިވަންކަމަށްޓަކައި ކަމަށް ބުނެފައެވެ. ޔޫނިއަނެއް ހިންގޭނެ ގޮތް ހެދުނންވެސް މުހިއްމު ކަމަށާ ނަމަވެސް އެއަސް ވުރެ މުހިއްމީ އަޅުގަނޑުމެންގެ އަސާސީ ހައްގުތައް ރައްކާތެރިކުރުން ކަން ފަހަގަކޮށް އެ ޕޯސްޓުގައި ވަނީ،.އެކަންކަން ކަށަވަރުކޮށް މަސައްކަތެރިންގެ ހައްގުތައް ނިގުޅައިގަންނަމުންދާ ދިއުމާ ދެކޮލަށް އަޑު އުފުލުމަށް އެ ރެލީއާ ގުޅިވަޑައިގެން އަޑު އުފުލުމަށް ގޮވާލާފައެވެ. ހަރަކާތުގެ ބައެއްގެ ގޮތުގައި ތިބުމަށްވެސް ގޮވާލާފައިވެއެވެ.

ރާއްޖޭގެ މަސައްކަތްތެރިންގެ ޔޫނިއަންތައް ތަމްސީލް ކުރާ މައި ޖަމިއްޔާ ކަމަށްވާ މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގުރެސް (އެމްޓީޔޫސީ) އިން އިންތިޒާމުކޮށްގެން މިއަދު ބާއްވާ ރެލީ ފެށުމަށް ހަމަޖެހިފައިވަނީ އާޓިފިޝަލް ބީޗުން ހަވީރު 16:00 ޖަހާއިރެވެ. 

އެ ރެލީގައި ޓޫރިޒަމް އެމްޕްލޯއިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)، މޯލްޑިވްސް ޕޯޓް ވޯކާސް ޔޫނިއަން، ޓީޗާސް ޔޫނިއަން، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ބައިވެރިވެއެވެ. 

މިދިޔަ އަހަރުވެސް އެކި ޖަމްއިއްޔާތަކުން އިންތިޒާމުކޮށްގެން މޭޑޭ ރެލީއެއް ބޭއްވި ނަމަވެސް އެ ރެލީއަށް ފުލުހުން ވަނީ ހުރަސްއަޅާފައެވެ. 

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved