May 25, 2026
Advertisement
ބޭނުންވަނީ އިގްތިސޯދަށް ޕްރެޝަރ ނުވާނެ، ނަމަވެސް އަންނަން އޮތް ޖީލުތަކަށް ސިއްޙީ ފަރުވާގެ މޮޑެލްއެއް: ފިރާގު
ބޭނުންވަނީ އިގްތިސޯދަށް ޕްރެޝަރ ނުވާނެ، ނަމަވެސް އަންނަން އޮތް ޖީލުތަކަށް ސިއްޙީ ފަރުވާގެ މޮޑެލްއެއް: ފިރާގު / ކޯޕަރޭޓް މޯލްޑިވްސް

ބޭނުންވަނީ އިގްތިސޯދަށް ޕްރެޝަރ ނުވާނެ، ނަމަވެސް އަންނަން އޮތް ޖީލުތަކަށް ސިއްޙީ ފަރުވާގެ މޮޑެލްއެއް: ފިރާގު

May 24, 2026, 05:51 PM
މާލެ ސިޓީ

ގައުމަށް މިހާރު ބޭނުންވަނީ އިސްލާހުތަކާއި، ރަނގަޅު މެނޭޖްމަންޓާއި، އިޤްތިޞާދަށް މާބޮޑު ޕްރެޝަރެއް ނުކޮށް އަންނަން އޮތް ޖީލުތަކަށް އެހީތެރިވެދެވިދާނެ، ދެމެހެއްޓެނިވި ސިއްޙީ ފަރުވާގެ މޮޑެލްއެއް ކަމަށް ވިޔަފާރިވެރިޔާ މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.

Advertisement

ފިރާޣު މިފަދައިން ވިދާޅުވެފައިވަނީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ފިރާގު ވިދާޅުވީ، ދައުލަތުގެ ހިލޭ ސިއްހީ އިންޝުއަރެންސް، އާސަންދައިގެ ބިލްތައް އެކަނި ދެއްކުމަށްޓަކައި ބޮޑެތި ލޯނުތައް ނެގުމަކީ ދިގު މުއްދަތަކަށް ބަލާއިރު ލިބޭނެ ހައްލެއް ނޫން ކަމަށާއި، މިހާރު މިއޮތް ނިޒާމަކީ ކުރިއަށް އޮތްތަނުގައި ދެމެހެއްޓެނިވި ނިޒާމެއް ނޫން ކަމަށެވެ.

ރާއްޖޭގެ އާސަންދަ ސިޔާސަތަށް އަލުން ވިސްނަން އެބަޖެހޭ ކަމަށާ އަދި މިއަދު ގިނަ ބަޔަކު މިހާލަތުގެ ޝަކުވާ ކުރަމުން ދިޔަ ނަމަވެސް، ހަގީގަތުގައި ގިނަ މީހުންނަށް ވެސް މިހާރު މިއޮތް ނިޒާމު ކުރިއަށް ނުގެންދެވޭނެކަން ވިސްނޭ ކަމަށް ފިރާގު ފާހަގަކުރެއްވިއެވެ.​

ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ މިސާލު ދައްކަވަމުން ފިރާގު ވިދާޅުވީ، މުއްސަނދި ގިނަ ގައުމުތަކުން ވެސް ވަކި ހަރުދަނާ ފަންޑިން ސްޓްރަކްޗާތަކެއް ނުވަތަ ލިމިޓެޝަންތަކެއް (އުސޫލުތަކެއް) ނެތި މުޅިން ހިލޭ ސިއްހީ ހިދުމަތް ނުދޭ ކަމަށެވެ. 

މީގެ އިތުރުން، އާސަންދަ ނިޒާމަކީ ހަމައެކަނި ސިޔާސީ ގޮތުން "ވޯޓުބޭސް" އެއް ނުވަތަ ވޯޓު ހޯދާނެ މަގެއް، އުފެއްދުމަށް ކުރެވޭނެ ކަމެއް ނޫން ކަމަށާ އޭގެ ބަދަލުގައި، މިއީ އާންމު އާމްދަނީ ދަށް އަދި ދިރިއުޅުމަށް ދަތިވެފައިވާ ފަރާތްތައް ވަކިން ފާހަގަކޮށް، އެފަރާތްތަކަށް ހައްގުވާ އެހީތެރިކަން ފޯރުކޮށްދެވޭނެ ފަދަ ހަރުދަނާ ތަރުތީބުތަކަކާއި އުސޫލުތަކެއްގެ ދަށުން ހިންގާ ނިޒާމަކަށް ވާންޖެހޭ ކަމަށް ވެސް ފިރާގު ވިދާޅުވިއެވެ.

ފިރާގު މިފަދައިން ވިދާޅުވެފައިވާއިރު، އާސަންދަ ޚިދުމަތް އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ފޯރުކޮށްނުދީ، ދައުލަތުގެ ެވރިންގެ އަރިސް މީހުންނަށް އެމަގު މި ސަރުކާރުގައި ފަހިކޮށްދެމުންދާ ކަމުގެ ޝަކުވާ އާންމު ރައްޔިތުންގެ ފަރާތުން ވަނީ ބޮޑުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved