March 11, 2026
Advertisement
މުހައްމަދު އާރިފް ހައްޖުގެ އަޅުކަމުގައި
މުހައްމަދު އާރިފް ހައްޖުގެ އަޅުކަމުގައި / ސޯޝަލް މީޑިއާ

ބަކާ ނިޔާވީ މެނިންގޮކޯކޮލް ބަލީގައި!

Mariyam Isaadha
މަރިޔަމް އިސާދާ
Jun 26, 2024, 02:01 AM
މާލެ ސިޓީ

ގައުމީ ފުޓްބޯޅަ ޓީމުގައި ކުރިން ކުޅުނު މަޝްހޫރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ނިޔާވެފައިވަނީ، މެނިންގޮކޯކޮލް ބަލީގައި ތޭރަ އޮންލައިނަށް ކަށަވަރުވެއްޖެއެވެ.

Advertisement

ހެލްތު މިިނިސްޓްރީގެ އިސް އޮފިޝަލަކުވަނީ މިކަން ކަށަވަރުވެސް ކޮށްދީފައެވެ.

އެގޮތުން ކުއްލިއަކަށް އައި ގަދަ ހުމާ އެކު ހާލު ދެރަވެ ބަކާ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި އެޑްމިޓުކޮށް ފަރުވާ ދޭން ފެށީ ރޭގެ ވަގުތެއްގައެވެ. އަދި ބަލި ދެނެގަތުމަށް ހެދި ތަހުލީލުތަކުން އޭނާއަށް މެނިންގޮކޯކޮލް ޖެހިފައިވާކަން ކަށަވަރުވެފައިވެއެވެ. އެއާއެކު އައިސީޔޫގައި ތިބި އެހެން ބަލި މީހުން ވޯދަށަ ރޫމުތަކަށް ޝީފްޓުކޮށް އައިސީޔޫ ހުސްކުރި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. އެއީ މެނިންގޮކޯކޮލް ބައްޔަކީ ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔަކަށްވުމުންނެވެ.

ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް ބަކާ ނިޔާވީ މިއަދުގެ ވަގުތެއްގައެވެ.

ހައްޖުގެ އަޅުކަމަށް ފަހު އައިސް ދެތިން ދުވަސް ފަހުން ބަކާ ނިޔާވެފައިވައިރު ހައްޖަށް ދިއުމުގެ ކުރިން މިބަލިން ދިފާއުވުމަށް ޖަހަން ޖެހޭ މުހިއްމު ވެކްސިން މެނިންޖައިޓިސް ޖަހަން މަޖްބޫރުވާނެއެވެ. އެއި ސައުދީއިން ވިސާ ދިނުމުގައި ކަށަވަރުވެސް ކުރާ ކަމެކެވެ.

ހެލްތް މިނިސްޓްރީގެ އިސް ބޭފުޅަކު ވެސް ވަނީ ރާއްޖެ އިން މެނިންގޮކޯކޮލް ކޭހެއް ފެނިފައިވާ ކަން މިރާއަށް ޔަގީން ކޮށްދީފަ އެވެ. އެކަމާއި ގުޅިގެން ފިޔަވަޅުތައް އަޅަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.  ކުޑަ އިރުކޮޅެއްގެ ތެރޭގައި އެޗްޕީއޭއިން މިކަން ހާމަކުރާނެކަމަށްވެސް އޮފިޝަލް ވިދާޅުވެފައިވެއެވެ.

ބަކާއަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު މިޑްފީލްޑަރުކަމަށް ގިނަބަޔަކު އިއްތިފާގުވެއެވެ. އަނިޔާގެ މައްސަލަތަކުގެ ސަބަބުން ނިމިދިޔަ ދެ ސީޒަންގައި ބަކާ ކުޅެފައެއް ނުވެއެވެ. ނަމަވެސް އެވެ. ދާދި ފަހުން މާލޭގައި ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ، ސެވަން އަ ސައިޑް މުބާރާތުގައި ބަކާ ކުޅުނެވެ.

ބަކާއަކީ ރާއްޖޭން ބޭރުގެ ލީގުގައި ކުޅުނު މަދު ދިވެހިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. އޭނާ ވަނީ މިޔަންމާގެ ކޭބީޒެޑް އަށް ކުޅެފައެވެ. މީގެ އިތުރުން ބަކާ ވަނީ ރާއްޖޭގެ ގިނަ ކުލަބުތަކަކަށް ކުޅެފަައެވެ. އަދި އޭނާއަކީ 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ހިމެނުނު ކުޅުންތެރިއެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved