March 11, 2026
Advertisement
މުހައްމަދު އާރިފް ހައްޖުގެ އަޅުކަމުގައި
މުހައްމަދު އާރިފް ހައްޖުގެ އަޅުކަމުގައި / ސޯޝަލް މީޑިއާ

ބަކާގެ ކަށު ނަމާދު ިފަތިސް ނަމާދަށް ފަހު!

Mariyam Isaadha
މަރިޔަމް އިސާދާ
Jun 26, 2024, 02:28 AM
މާލެ ސިޓީ

ގައުމީ ފުޓްބޯޅަ ޓީމުގައި ކުޅުނު މަޝްހޫރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ)ގެ ކަށު ނަމާދު ފަތިސް ނަމާދަށް ފަހު ބާއްވަން ހަމަޖެހިއްޖެއެވެ.

Advertisement

ކަށުނަމާދު ޕޭޖްގައިވާގޮތުން ބަކާގެ ކަށުނަމާދު އޮތީ މިރޭ ފަތިސް ނަމާދަށް ފަހު މަސްޖިދު ޒައިދު ބިން ސާބިތު (ސަހަރާ މިސްކިތް) ހުޅުމާލެގައެވެ.

ކުއްލިއަކަށް އައި ގަދަ ހުމާ އެކު ހާލު ދެރަވެ ބަކާ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި އެޑްމިޓުކޮށް ފަރުވާ ދެމުން ދަނިކޮށް ބަކާ ނިޔާވީ މިއަދުގެ ވަގުތެއްގައެވެ. ބަކާ ނިޔާވެފައިވަނީ ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންގޮކޯކޮލް ބަލީގައެވެ. ބަކާ ނިޔާވީ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށެވެ.

ބަކާގެ ޖަނާޒާގެ ތަފްސީލު
ބަކާގެ ޖަނާޒާގެ ތަފްސީލު

ބަކާއަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު މިޑްފީލްޑަރުކަމަށް ގިނަބަޔަކު އިއްތިފާގުވެއެވެ. އަނިޔާގެ މައްސަލަތަކުގެ ސަބަބުން ނިމިދިޔަ ދެ ސީޒަންގައި ބަކާ ކުޅެފައެއް ނުވެއެވެ. ނަމަވެސް އެވެ. ދާދި ފަހުން މާލޭގައި ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ، ސެވަން އަ ސައިޑް މުބާރާތުގައި ބަކާ ކުޅުނެވެ.

ބަކާއަކީ ރާއްޖޭން ބޭރުގެ ލީގުގައި ކުޅުނު މަދު ދިވެހިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. އޭނާ ވަނީ މިޔަންމާގެ ކޭބީޒެޑް އަށް ކުޅެފައެވެ. މީގެ އިތުރުން ބަކާ ވަނީ ރާއްޖޭގެ ގިނަ ކުލަބުތަކަކަށް ކުޅެފަައެވެ. އަދި އޭނާއަކީ 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ހިމެނުނު ކުޅުންތެރިއެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved