ގައުމީ ފުޓްބޯޅަ ޓީމުގައި ކުރިން ކުޅުނު މަޝްހޫރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ނިޔާވުމުގެ ހިތާމައިގައި ރައީސް އަބްދުﷲ ޔާމީން އާ އާއިލާގެ ފަރާތުން ބަކާގެ އާއިލާއަށް ތައުޒިޔާ އަރިސްކުރައްވައިފިއެވެ.
ރައީސް ޔާމީން އާއިލާއަށް ފޮނުވި މެސެޖުގައި ވިދާޅުވީ ބަކާ އަކީ ގައުމުގެ ކުދި ބޮޑު އެންމެންވެސް ދަންނަ ފަރުދަކަށްވާއިރު އޭނާއަކި ގައުމުގެ ފަޚްރެއް ކަމަށެވެ. އެގޮތުން ރާއްޖެއަށް ފުޓު ބޯޅައިގެ ދުނިޔޭގައި ރީތި ނަން ހޯދައި ދިނުމުގައި ބަކާގެ ދައުރު ރައީސް ޔާމީން ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން ބަކާގެ ކުއްލި ވަކިވުމަކީ ފުޓުބޯޅައިގެ އާއިލާއަށް ލިބިގެންދާނެ ވަރަށް ބޮޑު ހީނަރުކަމަކަށްވާނެ ކަމަށާ ބަކާގެ ހަނދާންތައް އަބަދުވެސް މި ގައުމުގައި ދެމި އޮންނާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ބަޚާގެ ވަކިވެ ދިއުމަކީ އެމަނިކުފާނަށް ލިބުނު ކުއްލި ސިހުމެއް ކަމަށާ ބަކާ ނިޔާވި ޚަބަރު އެހީ ނުހަު ފުން ހިތާމަޔާ އެކު ކަމަށްވެސް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.
އެމަނިކުފާނު ވަނި މި ހިތާމަވެރި ދަނޑިވަޅުގައި އެމަނިކުފާނާ އަދި އަނބިކަނބަލުން އަދި އާއިލާގެ ފަރާތުން ބަކާގެ އާއިލާއަށް ތައުޒިާ އަރިސްކުރައްވާފައެވެ. އަދި އާއިލާއަށް ކެތްތެރިކަން ދެއްވާ މައްޔިތާއަށް ހެޔޮ ރަހްމަތްލެއްވުން އެދި ދުޢާ ދަންނަވާފައިވެއެވެ.