April 30, 2026
Advertisement
ޑރ މުހައްމަދު ޖަމީލް
ޑރ މުހައްމަދު ޖަމީލް / ސޯޝަލް މީޑިއާ

ޑރ މުއިއްޒުގެ ބަހާ އަމަލާ ދިމާ ނުވޭ: ޑރ ޖަމީލް

Aminath Zara
އައިމިނަތު ޒާރާ
Jun 28, 2024, 04:09 PM
މާލެ ސިޓީ

ރިޔާސީ އިންތިޚާބުން ފެށިގެން މިއަދާއި ހަމައަށް ރައީސް ޑރ މުއިއްޒު ދައްކަވަމުންދާ ވާހަކަތަކާއި އަމަލު ދިމާނުވާ ކަމަށް ބުނެ ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ފާޑުވިދާޅުވެއްޖެއެވެ.

Advertisement

މިގޮތުން ރިޔާސީ އިންތިޚާބާއި ދިމާކޮށް މުއިއްޒު އަށް ވެވިފައިވާ ވައުދުތައްވެސް މިހާރު ހަނދުމަފުޅު ނެތް ކަމަށް ޖަމީލް ފާހަގަކޮށްފައިވެއެވެ. މިކަން މިހެން އޮތް އިރު މަޖިލިސް އިންތިޚާބާއި ދިމާކޮށްވެސް މުއިއްޒު ވަނީ ރިޔާސީ އިންތިޚާބަށްވުރެ ދެގުނަ އިތުރަށް ވައުދުވެ ރައްޔިތުންނަށް އޮޅުވާލާފައެވެ.

މީގެ އިތުރުން، ވެރިކަމަށް ވަޑައިގެން ރާއްޖޭގެ ތާރީޚުގައިވެސް ނުއުފައްދާ ވަރަށް ސިޔާސީ މަގާމުތައް ބަހާ، ސިޔާސީ މަގާމުތަކުގެ އަދަދުވެސް ވަނީ ސިއްރުކޮށްފައި ކަމަށް ޖަމީލްގެ އެކްސްގެ އެކައުންޓްގައި ބުނެ ޕޯސްޓްކޮށްފައިވެއެވެ.

ދަރަނި ކުޑަކޮށް ޚަރަދުތައް ކުޑަކުރައްވާނެ ކަމަށް ވައުދުވެ ވަޑައިގެން ފެނިގެން ދިޔައީ ސަރުކާރުގެ ޚަރަދު އިންތިހާއަށް މައްޗަށް ދިޔަ ތަނެވެ. ރައީސްގެ އިތުރުން އެކި ވުޒާރާތަކުގެ ވަޒީރުންގެ ދަތުރުތައް މިވީ 07 މަސް ތެރޭގައި ގުނާ އަދަދު ނުކުރެވޭ ކަމަށް ޖަމީލް ފާހަގަކުރެއްވިއެވެ.

މުސާރަތައް ބޮޑުކޮށްދީ، މަސްވެރިން ގުނބޯ ހެއްދުމަށްފަހު ވޯޓު ހޯދާ ވެރިކަމަށް ވަޑައިގެން ރައްޔިތުން ނިކަމެތި ކުރުން ނޫން ކަމެއް މި ސަރުކާރެއް ކުރާ ތަނެއް މިހާތަނަށް ފެނިފައި ނުވެއެވެ. މުޅި ގައުމު އިގްތިސާދީ އަނދަވަޅަކަށް ވައްޓާލައިފައިވާ ކަމަށް ޖަމީލް ބުނެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved