އިޒްރޭލާއި ލުބްނާނުގެ އީރާނަށް ތާއީދުކުރާ ހިޒްބުالله ހަނގުރާމަވެރިންނާ ދެމެދު ބޯޑަރު ހުރަސްކޮށް ދޭ ހަމަލާތައް މެދުއިރުމަތީގެ ބޮޑު ހަނގުރާމައަކަށް ބަދަލުވިޔަ ނުދިނުމަށް އެމެރިކާ، ޔޫރަޕް އަދި އަރަބި މެދުވެރިން ދަނީ ބާރު އަޅަމުންނެވެ.
އީރާނާއި އިޒްރޭލުން ހޮނިހިރު ދުވަހު ބަހުގެ ވަރުގަދަ ހަމަލާތަކެއް ވަނީ ބަދަލުކޮށްފައެވެ.
އިސްރާއީލުން ޣައްޒާގައި ހަމާސް ޖަމާއަތާއި ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ހިޒްބުالله އާއި އީރާނާ ގުޅިފައިވާ އެހެން ލަޝްކަރުތަކުން ދޭ ހަމަލާތައް ހުއްޓުމަކަށް އަންނާނެ ކަމުގެ އެއްވެސް ނިޝާނެއް އަދި ނުފެނެއެވެ.
މެދުކަނޑާލާފައިވާ މަޝްވަރާތަކަށް ރިއާޔަތްކޮށް، އެމެރިކާ އާއި ޔޫރަޕްގެ ޑިޕްލޮމެޓުންނާއި އެހެނިހެން އޮފިޝަލުން ދަނީ ހަމާސް އަށް ވުރެ އަސްކަރީ ގޮތުން މާ ވަރުގަދަ ހިޒްބުالله އަށް އިޒްރޭލުގެ އަސްކަރީ ބާރުގެ ވަރުގަދަ ކަން އަންގައި އިންޒާރު ދެމުން ކަމަށް މިހާރާއި ކުރީގެ ޑިޕްލޮމެޓުން ބުނެއެވެ.
އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުން އެ ޖަމާއަތަށް އިންޒާރު ދެމުން ދަނީ ލުބްނާނަށް ހަމަލާދިނުމަށް ހަނގުރާމައަށް ތައްޔާރުވެފައިވާ ޕްލޭންތައް ތަންފީޒު ކުރަން އިސްރާއީލުން ނިންމައިފިނަމަ އެމެރިކާ އަށް ނުވަތަ އެހެން ފަރާތަކަށް އިޒްރޭލުގެ ލީޑަރުން ހިފަހައްޓައިލެވޭނެ ކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމުގެ މެސެޖުތަކުންނެވެ.