
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިިއްޒު ވެރިކަމަށް ކުރިމަތި ލެއްވީ "ހޯމްވޯކް" ނުހައްދަވާކަމަށް ވިދާޅުވެ ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ފާޑުވިދާޅުވެއްޖެއެވެ.
މަލީހް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން މަލީހް ވިދާޅުވީ ސަރުކާރަށް 7 މަސް ނުވަނީސް މުޅި ސަރުކާރު އެފުށް މިފުށަށް ޖައްސަވާ މަންޒަރު ފެންނަކަމަށެެވެ.
އެހެންކަމުން ދޭހަވެެގެންދަނީ ރައީސް މުއިއްޒު ވެރިކަމަށް ކުރިމަތިލީ އެެއްވެސް ވަރަކަށް ތައްޔާރުވެވަޑައިގެން ނޫން ކަމަށް ވެސް މަލީހް ވަނީ ޕޯސްޓްގައި ފާހަގަކުރައްވާފައެވެ.
އަދި އޭގެއިތުރުން އިންޓެރިމް ކޮމިޓީގެ މަސައްކަތް ފުރިހަމަ ނޫންކަމަށާއި ސަރުކާރާއި ކުންފުނިތައް އެކުލަވާލާފައިވަނީ ދައުލަތުގެ ކޭޝް ކައުންޓަރަށް ނުބަލައްވާ ކަމަށް ވެސް މަލީހް ވިދާޅުވިއެވެ.
މިޒާތައް ވެރިކަން ކުރަންޏާ މިޔަށް ކިޔާނީ "އަމާ ބުނީތީ ފަރަށް ދިޔުން" ކަމަށް ވިދާޅުވެ މަލީހް ވަނީ ފާޑުކިޔުން އަމާޒުކޮށްފައެވެ.
މަލީހް ވެސް މިފަދައިން ވާހަކަދައްކަވާފައިވާއިރު "ތޭރައޮންލައިން" އަަށް ވެސް ވަނީ ރައީސް މުއިއްޒު ސަރުކާރުގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަަވަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައެވެ.










