March 12, 2026
Advertisement
.
. / އޭޕީ

އިންޑިއާގައި ފިތި ބާރުވެގެން 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

Azzama
އައްޒާމާ
Jul 3, 2024, 02:51 AM

އިންޑިއާގެ އުތުރުގައި ބޭއްވި ހިންދޫ އަޅުކަމެއްގައި ފިތި ބާރު ވެގެން 100 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފިއެވެ.

Advertisement

މި ހާދިސާ ހިނގާފައިވަނީ އުއްތަރު ޕްރަދޭޝް ސްޓޭޓްގެ ހަތްރަސް ޑިސްޓްރިކްޓްގައި ބޭއްވި ސަޓްސަންގް (ހިންދޫ ދީނީ ހަރަކާތެއް) ގައެވެ.

ގިނަ އަދަދެއްގެ އަންހެނުންނާއި ބައެއް ކުޑަކުދިން ހިމެނޭ ގޮތަށް ޝިކާރައަކަށް ވެފައިވާ މީހުން މިހާރު ވެސް ދަނީ ދެނެގަނެމުންނެވެ.

އުއްތަރު ޕްރަދޭޝްގެ ފުލުހުންގެ އިސް އޮފިސަރެއްގެ ތަރުޖަމާނަކު ބީބީސީއަށް ބުނެފައިވަނީ "މަރުވި މީހުންގެ ފައިނަލް އަދަދު އާންމު ކުރަން ގަޑިތަކެއް ނަގާނެ" ކަމަށާއި ނަމަވެސް މަދުވެގެން 100 މީހުން މަރުވެފައިވާކަން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.

މަންޒަރު ދުށް މީހަކު ބީބީސީއަށް ބުނީ ހުރިހާ ކަމެއް "ރަނގަޅަށް" ކުރިއަށްދާ ކަމަށާއި، "ކުއްލިއަކަށް ހަޅޭއްލަވައިގަތުމުގެ އަޑު އިވި، އެނގުމުގެ ކުރިން މީހުން އެކަކު އަނެކަކަށް ވެއްޓިގެން ދިޔައީ" ކަމަށެވެ.

އޮންލައިން ކޮށް ދައުރުވާ ބައެއް ވީޑިއޯތަކުން ބިންމަތީގައި މަރުވެފައި ގިނަ އަދަދެއްގެ މީހުން ތިބި މަންޒަރު ފެނިގެންދެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved