ހުޅަނގު އައްސޭރީގައި އިސްރާއީލުން ޝަހީދުކޮށްލާފައިވާ މީހެއްގެ ޖަނާޒާ / އޭޕީ
ދުނިޔެ
ހުޅަނގު އައްސޭރީގައި އިސްރާއީލުން ބޮޑު ބިމެއް ފޭރިގެންފި
Azzama
އައްޒާމާ
03 ޖުލައި 2024

30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތެރޭގައި ހިފާފައިވާ ހުޅަނގު އައްސޭރީގެ އެންމެ ބޮޑު ބިން ފޭރުމަށް އިސްރާއީލުން ފާސްކޮށްފައިވާ ކަމަށް އެންޓި ސެޓްލްމަންޓް ވޮޗްޑޮގް ގްރޫޕަކުން ބުދަ ދުވަހު ބުނެފިއެވެ.

ޕީސް ނައު އިން ބުނީ ދާދި ފަހުން ކަމާބެހޭ ފަރާތްތަކުން ވަނީ އުރުދުން ވާދީން 12.7 އަކަކިލޯމީޓަރު ބިން ދޫކުރުމަށް ފާސްކޮށްފަ އެވެ. އެ ގްރޫޕްގެ ޑޭޓާއިން ދައްކާ ގޮތުގައި މިއީ ސުލްހައިގެ މަރުހަލާ ފެށުނުއިރު 1993 ވަނަ އަހަރު އޮސްލޯ އެއްބަސްވުންތަކަށް ފަހު ފާސްކުރި އެންމެ ބޮޑު ފޭރުން ކަމަށެވެ.

2023 އޮކްޓޯބަރު މަހު ހަމާސްއިން ތޫފާން އަގްސާ އޮޕަރޭޝަން ހިންގި ފަހުން ހުޅަނގު އައްސޭރީގައި އަނިޔާވެރިކަން އިތުރުވެފައިވާއިރު، އިސްރާއީލުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ހުޅަނގު އައްސޭރީގައި އަސްކަރީ ހަރަކާތް ހިންގައެވެ.

މީގެ އިތުރަށް އިސްރާއީލުން ވަނީ މިދިޔަ މާޗް މަހު ހުޅަނގު އައްސޭރީގެ 8 އަކަ ކިލޯމީޓަރު އަދި ފެބްރުއަރީ މަހު 2.6 އަކަ ކިލޯމީޓަރު (1 އަކަ މޭލު) ބިން ފޭރިގަނެފައެވެ.

2024 ވަނަ އަހަރަކީ ހުޅަނގު އައްސޭރީގައި އިސްރާއީލުން ބިން ފޭރުން އެންމެ މަތީ އަހަރަށް ކަމަށް ޕީސް ނައު އިން ބުނެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved