ޗައިނާގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރުމުގެ ކުށުގައި ފަސް ފަޅުވެރިން ތިބި ޓައިވާންގެ މަސް ބޯޓެޓ އަތުލައިގަތް ކަމަށް ޗައިނާއިން ބުނެފިއެވެ.
އިރުދެކުނު ފަރާތުގެ ބަނދަރެއް ކަމަށްވާ ވެއިޓޫގައި ބަންދުކޮށްފައިވާ އެ އުޅަނދުގައި ތިބި ޓައިވާނުގެ ދެ މީހުންނާއި އިންޑޮނޭޝިއާގެ ތިން މީހުން ދޫކޮށްލުމަށް ޓައިވާނުން ވަނީ ޗައިނާއަށް އެދިފައެވެ.
ޓައިވާނުގެ އޮފިޝަލުން ބީބީސީއަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި އެ ދޯނި އަތުލައިގަތީ ޗައިނާގެ އައްސޭރިފަށުން ގާތްގަނޑަކަށް 2.8 ނޯޓިކަލް މޭލު (5.1 ކިލޯމީޓަރު) ދުރުގައި އޮންނަ ޗައިނާގެ ކަނޑުގެ ސަރަހައްދު ތެރެއިންނެވެ..
"މަސްވެރިކަމުގެ އުޅަނދަކީ މަސްވެރިކަން ހުއްޓުވުމުގެ ގަވާއިދާ ހިލާފުވެ، ގަވާއިދާ ހިލާފަށް... މަނާ ސަރަހައްދުގެ ތެރޭގައި ދަތުރު ކުރި އުޅަނދެއް،" ޗައިނާ ކޯސްޓްގާޑްގެ ތަރުޖަމާނު ލިއު ޑެޖުން ވިދާޅުވިއެވެ.
އަދި މަސްވެރިކަމުގެ މަނާ އާލާތްތައް ބޭނުންކޮށް ކަނޑުގެ މަސްވެރިކަމުގެ ވަސީލަތްތަކަށް ގެއްލުންދޭ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ. މި ވާހަކަތަކަށް ޓައިވާނުން އަދި ޖަވާބެއް ދީފައެއް ނުވެއެވެ.
ޗައިނާ އާއި ޓައިވާން ވަކިކުރާ ވާދަވެރި 110 މޭލު ކަނޑުއޮޅިގައި މިފަދަ ހަމަނުޖެހުންތައް ވަނީ އާންމުވެފަ އެވެ.