March 11, 2026
Advertisement
.
. / ރޮއިޓަރސް

ތޫފާން ބެރީލްގެ ސަބަބުން މުޅި ޖެމެއިކާއިން ކަރަންޓު ކެނޑިއްޖެ

Azzama
އައްޒާމާ
Jul 5, 2024, 02:46 AM

ބެރީލް ތޫފާނުގެ ސަބަބުން ޖެމެއިކާގެ އެތައް ލައްކަ ގެއަކަށް ވަނީ ކަރަންޓުގެ ހިދުމަތް ކެނޑިފައެވެ.

Advertisement

ކެޓަގަރީ ހަތަރެއްގެ މި ތޫފާނަކީ މިހާތަނަށް އެގައުމަށް އައި އެންމެ ބާރުގަދަ އެއް ތޫފާނެވެ. މި ތޫފާން ބުދަ ދުވަހުގެ ރޭ އެ ޖަޒީރާގެ ދެކުނު އައްސޭރިފަށަށް ވަދެ، 12 ގަޑިއިރަށް ވުރެ ގިނައިރު ބޯކޮށް ވާރޭވެހުނެވެ.

ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ޖަޒީރާ ސަރަހައްދުގައި އޮތް ކާފިއު އުވާލުމުން އޮފިޝަލުންނާއި ރައްޔިތުން ދަނީ ގެއްލުންތައް ވަޒަން ކުރަމުންނެވެ.

މިހާރު ކެޓަގަރީ ތިނެއްގެ ތޫފާނަކަށް ބަލިކަށިވެފައިވާ ބެރީލް މިސްރާބު ޖަހާފައިވަނީ މެކްސިކޯ އާއި ކޭމަން އައިލެންޑްސް އަށެވެ. އެއީ ކެރިބިއަން ކަނޑުގެ ހުރިހާ ހިސާބަކަށްވެސް މިތޫފާން އަރައި މިހާތަނަށް މަދުވެގެން 10 މީހުން މަރުވެފައިވެއެވެ.

ސެއިންޓް ވިންސެންޓް އެންޑް ގްރެނާޑައިންސް، ގްރެނާޑާ އަދި ވެނެޒުއެލާއިން ކޮންމެ ގައުމަކުން ތިން މީހަކު މަރުވެފައިވާއިރު، ޖެމެއިކާއިން އެކަކު މަރުވެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved