March 11, 2026
Advertisement
އިމާދު ސާލިހް
އިމާދު ސާލިހް / ސޯޝަލް މީޑިއާ

އެންޑީއޭގެ ސީއީއޯ އިމާދު މަގާމުން ވަކި ކޮށްފި

Aminath Zara
އައިމިނަތު ޒާރާ
Jul 6, 2024, 06:27 AM
މާލެ ސިޓީ

ނޭޝަނަލް ޑްރަގް އޭޖެންސީ ގެ ސީއީއޯގެ މަގާމުގައި ހުންނެވި އިމާދު ސޯލިހް އެ މަގާމުން ވަކިކޮށްފިއެވެ.

Advertisement

މިދިޔަ ސަރުކާރުގައި އެ މަގާމަށް އިމާދު އައްޔަނުކޮށްފައިވަނީ، އެ ޕޯސްޓް ހުސްކޮށް އޮންނަތާ އަހަރެއް ވަރު ފަހުން 2022 ގައެވެ.

އެން.ޑީ.އޭ އިން މައުލޫމާތު ލިބިފައިވާ ގޮތުގައި މިވަގުތު އެ މަގާމާއި ހަވާލުވެގެން ހުންނެވީ އެކްޓިން ސީއީއޯ އަހްމަދު ރާޝިދުއެވެ.

އިމާދު ވަކިކޮށްފައިވަނީ އެ އިދާރާގެ ފުރަތަމަ ބޯޑު ބައްދަލުވުމުގައި، ވަޑައިގެންނެވި ހުރިހާ މެންބަރުންގެ އަޣުލަބިއްޔަތުން ކަމަށް މައުލޫމާތު ލިބެއެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ އެންޑީއޭގެ ހިންގުން ބޮއްސުންލައިގެން ދިއުމުން މިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ އެތަނުގެ މައްސަލަތަކެއް ބަލައިފަ އެވެ.

އެންޑީއޭގެ މައިގަނޑު މަސްއޫލިއްޔަތަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީ މުޖުތަމައަށް ނެރުމުގެ މަސައްކަތް ކުރުމެވެ. އެކަމަކު އެ މަސައްކަތުގައި އެންޑީއޭ ފެއިލްވެފައިވާ ކަމަށް، އެހީ ބޭނުންވާ މީހުންނާއި އާންމުން އަބަދުވެސް ބުނެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved