March 11, 2026
Advertisement
އޭސީޕީ މުހައްމަދު ރިޔާޒު
އޭސީޕީ މުހައްމަދު ރިޔާޒު / ސަން

އޯޑިއޯއެއް ލީކުވުމުން އޭސީޕީ ރިޔާޒު ޑްރަގް އެޖެންސީއަށް ބަދަލު ކުރަނީ

May 13, 2025, 10:46 PM

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތަށް ނުފޫޒު ފޯރުވާ ވަކި ގޮތަކަށް ހެކި ބަސް ދިނުމަށް ހެކިވެރިންނަށް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އޭސީޕީ މުހައްމަދު ރިޔާޒު އިލްތިމާސް ކުރާ އޯޑިއޯއެއް ލީކްވުމުން އޭނާ ނެޝަނަލް ޑްރަގް އެޖެންސީގެ މަގާމަކަށް ބަދަލު ކުރަން ނިންމައިފިއެވެ.

Advertisement

ޑްރަގް އެޖެންސީއަކީ ހޯމް މިނިސްޓްރީގެ ދަށުން ހިންގާ އިދާރާއެކެވެ. ރިޔާޒް އެތަނަށް ބަދަލު ކުރަން ނިންމި ނަމަވެސް ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައެއް ނުވެއެވެ.

މި ސަރުކާރު ވެރިކަމަށް އައި އިރު ރިޔާޒް ހުންނެވީ ކްރިމިނަލް އިންވެސްޓިގޭޝަންސް ޑިޕާޓްމަންޓުގެ އިސް ވެރިޔާގެ މަގާމުގައެވެ. އޭނާ އެ މަގާމުން ވަކި ކުރީ ނޮވެމްބަރު، 2023، ގައެވެ.

ބެލެވޭ ގޮތުގައި ލީކުވި އޯޑިއޯ އަކީ އޭސީޕީ ރިޔާޒާއި ރައީސް ޔާމީންގެ ޝަރީއަތަށް ހެއްކެއްގެ ގޮތުގައި ހުށަހަޅައިފައިވާ އަހްމަދު ކުރިކް ރިޒާ އަށް ކުރި ފޯނު ކޯލެކެވެ.

މީގެ ކުރިން އޭސީޕީ ރިޔާޒުގެ އޯޑިއޯއެއް ލީކުވުމުން އޭނާ އެކަން ދޮގު ކުރެއްވި އިރު މި އޯޑިއޯގައި ވާހަކަ ދައްކަވަނީ އޭނާކަން 13 އޮންލައިނަށްވަނީ ކަށަވަރުވެފަ އެވެ.

އެގޮތުން އިންވެސްޓިގޭޝަންތައް އޮތީ ގާތްގަޑަކަށް ނިމިފައި ކަމާއި ދައުލަތުން ގެންގުޅެނީ ދައުވާ ކުރާ ކަހަލަ ވިސްނުމެއްކަމަށް އޭސީޕީ ރިޔާޒު އެ އޯޑިއޯގައި ބުނާ އަޑު އިވެ އެވެ.

އަދި ތަހުގީގަށް ނުވަތަ ޝަރީއަތަށް އެއްބާރުލުން ދޭ ފަރާތްތަކަށް ދައުލަތުން ލުއި ދޭނެ ކަމާއި ދެ ފަރާތުން ވާހަކަ ދެއްކުމަށްފަހު ދެވޭ ލުޔަކީ ކޮބައިތޯ އާއި ދެވޭނެ އެއްބާރުލުމުގެ އިތުރުން އޭގެ ވެލިއު އަކީ ކޮބައިތޯ ބެލުމަށްފަހު ވެލިއު ބޮޑު ނަމަ ދޫކޮށްލާ ވަރު ވެސް ބޮޑު ވާނެކަމަށް އޭސީޕީ ރިޔާޒު ބުނާ އަޑު އިވެ އެވެ.

ކޮމެންޓު
ކޮމެންޓްތައު
ނަންބަރު
May 19, 2025, 04:57 PM
ސާބަސް އަދި ބޮޑުމަގާމެއްދީ
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved