March 11, 2026
Advertisement
ޕެޒެޝްކިއަން
ޕެޒެޝްކިއަން / ރޮއިޓަރސް

އީރާނުގެ ރިޔާސީ އިންތިޚާބު ޕެޒެޝްކިއަން ކާމިޔާބުކުރައްވައިފި

Azzama
އައްޒާމާ
Jul 6, 2024, 09:12 PM

އީރާނުގެ ކޮންޒަވޭޓިވް ވާދަވެރިޔާ ސައީދު ޖަލީލީގެ މައްޗަށް ކުރި ހޯދައި، އިރާނުގެ އާ ރައީސް ކަމަށް ރިފޯމިސްޓް މަސްއޫދު ޕެޒެޝްކިއަން އިންތިހާބުކޮށްފިއެވެ.

Advertisement

އެ ވޯޓު ޑރ ޕެޒެޝްކިއަންއަށް ކާމިޔާބުވީ ވަނީ ގުނާފައިވާ 30 މިލިއަނަށްވުރެ ގިނަ ވޯޓުގެ %53.3 ލިބިވަޑައިގަތުމުންނެވެ. ޖަލީލީއަށް ލިބިފައިވަނީ %44.3 ވޯޓެވެ.

އިންތިޚާބުގެ ދެވަނަ ބުރު ބާއްވާފައިވަނީ ޖޫން މަހުގެ 28 ވަނަ ދުވަހު ބޭއްވި އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް އަޣުލަބިއްޔަތު ނުލިބުމުންނެވެ.

މި އިންތިޚާބު ބާއްވާފައިވަނީ އީރާނުގެ ކުރީގެ ރައީސް އިބްރާހިމް ރައިސީ މެއި މަހު ހެލިކޮޕްޓަރ އެކްސިޑެންޓެއްގައި އަވަހާރަވުމާ ގުޅިގެންނެވެ.

އީރާނުގެ އިންޓީރިއާ މިނިސްޓްރީން ފައިނަލް ނަތީޖާ އިއުލާން ކުރުމުގެ ކުރިން ވެސް ޑރ ޕެޒެޝްކިއަންގެ ސަޕޯޓަރުން ވަނީ ތެހެރާނާއި އެހެނިހެން ގިނަ ސިޓީތަކެއްގެ މަގުތަކަށް ނުކުމެ އުފާފާޅުކޮށްފައެވެ.

އެންމެ ފަހުގެ ވޯޓުގެ ބުރުގައި ވޯޓުލި މީހުންގެ އަދަދު ފުރަތަމަ ބުރަށް ވުރެ 50% ގިނައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved