March 10, 2026
Advertisement
މުހައްމަދު މަލީހް ޖަމާލް
މުހައްމަދު މަލީހް ޖަމާލް / ސޯޝަލް މީޑިއާ

ކުރީގެ ދެ ރައީސުންނަށް ހަމަލާ ދިން މައްސަލަ ނުބެލި ފާއިތުވާ ކޮންމެ ދުވަހަކީ ލަދުވެތި ދުވަހެއް: މަލީހް

Aminath Zara
އައިމިނަތު ޒާރާ
Jul 16, 2024, 05:28 AM
މާލެ ސިޓީ

ރައީސް ޔާމީން އަބްދުލްގައްޔޫމް އަދި ރައީސް މުހައްމަދު ނަޝީދު އަށް އަމާޒުކޮށްދީފައިވާ ނިރުބަވެރި ހަމަލާގެ ފުރިހަމަ ތަހުގީގެއް ނުކޮށް ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ނުގެނެވި ފާއިތުވާ ކޮންމެ ދުވަހަކީ ސަރުކާރު ލަދުވެތިވާންޖެހޭ ކަމެއް ކަމުގައި ޕީއެންއެފްގެ ސެކްރަޓަރީ މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން ދަތުރުކުރެއްވި ލޯންޗް ކޮޅަށް ދިން ހަމަލާއާއި ރައީސް ނަޝީދަށް އަމާޒުކޮށް ދިން އައިއީޑީ ހަމަލާ މި ސަރުކާރުން ބަލަން ޖެހޭ ކަމަށާއި މިފަދަ ހަމަލާތަކަކީ ފުރިހަމަ ތަހުގީގެއް ހިންގާ އެކަމުގައި ޝާމިލުވާ ފަރާތްތަކަށް ހައްގު އަދަބު ދެވެންޖެހޭ ކަމަށް ޖަމީލް ސިފަކުރެއްވިއެވެ.

ގައުމުގެ ރައީސުންނަށް ދެވޭ މިފަދަ ހަމަލާތައް ދިފާއުކޮށް ވާހަކަދައްކާ މީހުން ފާހަގަކޮށް އަދި އެކަމުގައި އުޅޭ ފަރާތްތަކަށް އަދަބު ދެވުމަކީ ކުރިއަށް އޮތް ތަނުގައި މިފަދަ އަމަލުތައް މަދުކުރުމަށް އެޅިގެންދާނެ މުހިއްމު ފިޔަވަޅެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved