
ދިވެހިރާއްޖެއަށް މިވަގުތު ދިމާވެފައިމިވާ މައްސަލަތައް ހައްލުކޮށްދެއްވޭނެ ލީޑަރަކީ ރައީސް އަބްދުﷲ ޔާމީންކަން ޤަބޫލުކުރައްވާ ދިވެހީން ދަނީ އިތުރު ވަމުން ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ..
އެކްސްގައި މަލީހު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޔާމީން ހުންނަވާނީ ރައްޔިތުންގެ ފަޅީގައި ކަމަށާ ރައްޔިތުންގެ ކަންކަން ގާތުން އަޑު އެއްސެވުމުގައި ރައީސް ޔާމީން ނޫން ލކީޑަރަކު ނުހުންނަވާ ކަމަށެވެ. އަދި އެމަނިކުފާނު އިސްކުރައްވާނީ އަބަދުވެސް އެންމެ ފުރަތަމަ ޤައުމު ކަމަށް ވެސް މަލީހު ވަނީ ވިދާޅުވެފައެވެ.
މަލީހު މިފަދައިން ވިދާޅުވެފައި މިވަނީ ގައުމުގެ ކަންކަން ނުކިސިޔާރުކޮށް ހިނގާތީ ގިނަ ރައްޔިތުން ކަންބޮޑުވުމާ ނުރުހުން ފާޅުކުރަމުން ގެންދާ ދަނޑިވަޅެއްގައެވެ.










