March 11, 2026
Advertisement
އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް މުނައްވަރު
އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް މުނައްވަރު / ދެން އެމްވީ

ޑެޕިއުޓީ މިނިސްޓަރު މުނައްވަރު ދައުލަތާ ދެކޮޅަށް ވަކާލާތުކުރާ މައްސަލަދަނީ ބަލަމުން!

Mariyam Isaadha
މަރިޔަމް އިސާދާ
Jul 21, 2024, 06:53 PM
މާލެ ސިޓީ

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް މުނައްވަރު، ދައުލަތާ ދެކޮޅަށް ވަކާލާތުކުރާ މައްސަލަ ބަލަމުންދާ ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

Advertisement

މުނައްވަރު ދައުލަތާ ދެކޮޅަށް ވަކާލާތު ކުރައްވަނީ އިކޮނޮމިކު މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ކުންފުންޏަކާ ދެކޮޅަށް ދައުލަތުން ދައުވާ ކުރާ މައްސަލައެއްގައެވެ. އެ މައްސަލައިގައި އޭނާ ގެންދަވަނީ އެ ކުންފުނި ތަމްސީލްކުރާ ޤާނޫނީ ވަކީލެއްގެ ގޮތުގައި ހައި ކޯޓުގައި ވަކާލާތުކުރައްވަމުންނެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ސަރުކާރުގެ މަގާމުތަކުގައި ތިބޭ މީހުން ކޯޓުގައި ދައުލަތާ ދެކޮޅަށް ވަކާލާތު ކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އެ ފަދަ މައްސަލަތައް މިހާރު ބަލަމުން އަންނަ ކަމަށްވެސް ހީނާ ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ ފެންމަތިވީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާ ދެކޮޅަށް ޓާކްސް ކޮންސްޓްރަކްޝަން ކިޔާ ކުންފުންޏަކުން ހުށަހަޅާފައިވާ މައްސަލައާ އެކު އެވެ. މުނައްވަރު މި މައްސަލައިގައި ވަކާލާތުު ކުރައްވަނީ ޓާކްސް އާ އެއްކޮޅަށެވެ.

މީރާއަކީ ދައުލަތުން ތަމްސީލުކުރާ އިދާރާއަކަށްވާއިރު، ސަރުކާރުގެ އިސް މަގާމެއްގައި ހުންނަވައިގެން ދައުލަތާ ދެކޮޅަށް މުނައްވަރަށް ވަކާލާތު ނުކުރެއްވޭނެ ކަމަށް ބުނެ މީރާއިން ވަނީ ހައިކޯޓުގައި އިއުތިރާޒެއް ވެސް މިދިޔަ ބުރާސްފަތި ދުވަހު ހުށަހަޅާފަ އެވެ. މިގޮތަށް މީރާއިން އިއުތިރާޒް ހުށަހެޅީ މަސްލަހަތު ފުށު އަރާ ކަން ފާހަގަކުރުމަށްފަހުއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved