ސަރުކާރުން ހަރަދު ކުޑަ ނުކޮށް ފާހަނަ ތަށިން ޓެކްސް ނެގިޔަސް ދެކޮޅު ނުޖެއްސޭނެކަމަށް ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހް މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ކުރި ޕޯސްޓެެއްގައެވެ.
އެގޮތުން މަލީހް ވިދާޅުވީ މައްސަލައަކީ ރައީސް ޑރ މުހައްމަދު މުއިއްޒަށް ސަރުކާރު ހިންގަން ނޭނގުން ކަމަށެވެ.
އިކޮނޮމިކްސް، އަދި ޑިޕްލޮމަސީ އަކީ ކޯއްޗެެއް ކަމެއް ރައީސް މުއިއްޒަށް އެނގިނުލައްވާ ކަމަށް މަލީހް ޕޯސްޓްގައި ވިދާޅުވިއެވެ.
އަދި މިއީ އެންމެ ދޯހަޅި ސަރުކާރުގެ ގޮތުގައި ގިނަ ބަޔަކު ގަބޫލު ކުރާކަމަށް ވެސް މަލީހް ވަނީ ވިދާޅުވެފައެވެ.
މަލީހް މިފަދައިން ވިދާޅުވެފައި ވާއިރު ސަރުކާރުން ވަނީ ޚަރަދު ކުޑަކުރުމުގެ ސިޔާސަތެއް ފަށާފައެވެ.
ނަމަވެސް ފެނިގެންދަނީ އެ ސިޔާސަތުގެ ދަށުން އިތުރު ފަރާތްތަކަށް ސިޔާސީ މަގާމްތައް ދީ ދައުލަތުގެ ހަރަދުގައި ބޭކާރު ކަންކަން ކުރާ މަންޒަރެވެ.