March 11, 2026
Advertisement
ޒޭން ޔާމީން
ޒޭން ޔާމީން / ތޭރަ އޮންލައިން

ސިޔާސަތުތަކުގެ ދެ ފުށް ހާމަކުރުމަށް ޕީއެންއެފްގެ ރައީސް ޒޭން، ސަރުކާރަށް ގޮވާލައްވައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Jul 26, 2024, 02:43 AM
މާލެ ސިޓީ

ސަރުކާރުގެ ސިޔާސަތުތަކުގެ ދެ ފުށް ފެންނާނެހެން ހާމަކުރުމަށް ޕީއެންއެފްގެ ރައީސް ޒޭން އަބްދުﷲ ޔާމީން ސަރުކާރަށް ގޮވާލައްވައިފިއެވެ.

Advertisement

ޒޭން މިފަދައިން ގޮވާލައްވާފައިވަނީ ދަ ފްރޮންޓު އޮފީހުގައި މިހާރު ކުރިއަށް ދާ ޖަލްސާގެ ތެރެއިން ވާހަަކަފުޅު ދައްކަވަމުންނެވެ.

ޒޭން ވިދާޅުވީ ގައުމެއް ގައުމަކަށް ވަނީ ރައްޔިތުން އެ ރައްޔިތުންގެ ވެރިންނަށް ކުރާ އިތުބާރާއެކު އެ އިތުބާރު ދެމެހެއްޓުމަށް ސަރުކާރުން ކުރަމުންދާ ކަންކަމުގެ މައްޗަށްވެސް ބިނާވެގެން ކަމަށެވެ. ނަމަވެސް ފެނިގެން ދަނީ ސަރުކާރުން ރައްޔިތުންނަށް ކަންކަން ސިއްރުކޮށް ވަންހަނާ ކުރަމުންދާ މަންޒަރު ކަމަށާ ނަމަވެސް އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ޒޭން ވަނީ ވިދާޅުވެފައެވެ.

ބަހާ އަމަލާ ދިމާނުވުމަކީ ސަރުކާރަށް ރައްޔިތުން ކުރި އިތުބާރު ގެއްލުމާ ގާތަށް ޖެހޭ ޖެހުމެއް

ޒޭން

ޒޭން ވަނީ ވެރިކަމަށް އައުމުގެ ކުރިން އަދުގެ ވެރިން ދެއްކެވި ވާހަކަތައް ހަނދާނަށް ގެންނަވާފައެވެ. އެގޮތުން ގޮތް ނޭނގޭ އެއްބަސްވުންތައް ހާމަކުރަން ވީ ވައުދާ ވިއްކާލި ކަނޑު އަނބުރާ ހޯދާނެ ކަމަށް ވީ ވައުދާ، ބޭރުގެ އަސްކަރިއްޔާ މިގައުމުން ބޭލުމަށް ވީ ވައުދުފަދަ ވަރުގަދަ ވައުދުތައް ފަނުފުލުން ގޮސްފައިވާކަމާ އަދި އެކަންކަން މި ސަރުކާރުން ސިއްރުކުރަމުން ދާކަން ވެސް ޒޭން ފާހަގަކުރެއްވިއެވެ.

އެހެންކަމުން އިންތިޚާބުގެ ދުވަސްވަރު ވައުދުވެވަޑައިގެންނެވި ފަދައިން ސަރުކާރުގެ ސިޔާސަތުތަކުގެ ދެ ފުށް ފެންނާނެހެން ހާމަކުރުމަށް ޒޭން ވަނީ ދިވެހި ސަރުކާރަށް ގޮވާލައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved