April 24, 2026
Advertisement
މުހައްމަދު މަލީހް ޖަމާލް
މުހައްމަދު މަލީހް ޖަމާލް / ސޯޝަލް މީޑިއާ

ހަގީގީ މިނިވަންކަން އަދިވެސް އޮތީ ކަރުދާހުގައި : މަލީހް

Aishath Naja
އައިޝަތު ނަޖާ
Jul 27, 2024, 02:03 AM
މާލެ ސިޓީ

ހަގީގީ މިނިވަންކަން އޮތީ އަދިވެސް ކަރުދާހުގައި ކަމަށް ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

މަލީހް މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން މަލީހް ވަނީ ޕޯސްޓްގައި އެންމެ ފުރަތަމަކަމަކަށް 59 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ.

ހަޤީޤީ މިިނިވަންކަން އަދިވެސް އޮތީ ކަރުދާހުގައި ކަމަށާއި ވެރިމީހާ ދިން މިންވަރެއްގައި ހިފެހެއްޓިފައި ކަމަށް ވެސް މަލީހް ވަނީ ވިދާޅުވެފައެވެ.

މިނިވަން ޝަރީއަތެއް ނުލިބޭކަމަށާއި ވަޒީފާގެ މިނިވަންކަމެއް ވެސް މިއަދު ނެތް ކަމަށް މަލީހް ޕޯސްޓްގައި ފާހަގަކުރެއްވިއެވެ.

އޭގެއިތުރުން މަލީހް ވިދާޅުވީ މިނިވަން ނޫސްވެރިކަމެއް ވެސް މިއަދު ރާއްޖޭގައި ނެތްކަމަށެވެ.

ކުރީ ސަރުކާރުގެ ސިއްރު ސިޓީފުޅަކުން ވިއްކާލި ކަނޑު އަދިވެސް ހޯދިފައިނުވާކަމަށާއި ދަރަނި ނުދެއްކޭ މިންވަރަށް ނަގާފައިވާކަމަށް ވިދާޅުވެ މަލީހްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުކޮށްފައެވެ.

59 ވަނަ މިނިވަން ދުވަސް އައި އިރު ރާއްޖޭގެ މިނިވަންކަން އިހުސާސް ނުކުރެވޭ ވާހަކައަކީ ހުރިހާ އެންމެން ގޮތަކަށް ވެސް މީސްމީޑިޔާގައި ދައްކާ ވާހަކައެއްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved