April 28, 2026
Advertisement
އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަހާއި ގުޅުވައި ބޭއްވި ޕްރެސް ކޮންފަރެންސް
އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަހާއި ގުޅުވައި ބޭއްވި ޕްރެސް ކޮންފަރެންސް / ސަން އޮންލައިން

އުރީދޫގެ އަހަރީ ދުވަހާ ގުޅުވައި ރާއްޖޭގެ 60 އިންސައްތައަށް 5ޖީގެ ޚިދުމަތް ފުޅާކޮށްފި

Aminath Zara
އައިމިނަތު ޒާރާ
Aug 2, 2024, 07:59 PM
މާލެ ސިޓީ

އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަހާ ގުޅުވައި 60 އިންސައްތައަށް 5ޖީގެ ޚިދުމަތް ފުޅާކޮށް، އިތުރު އާ ޚިދުމަތްތަކެއް ތައާރަފުކޮށްފިއެވެ.

Advertisement

މިކަން އިއުލާނުކޮށްފައި ވަނީ އުރީދޫގެ އަހަރީ ދުވަހާ ގުޅުވައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައެވެ.

އަލަށް ތައާރަފުކުރި ޚިދުމަތްތަކާ ގުޅޭގޮތުން އުރީދޫން ބުނީ، ރާއްޖޭގެ އެކި ކަންކޮޅުތައް ގުޅާލުމުގައި އުރީދޫން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން، އުރީދޫ 5ޖީ މިހާރު ރާއްޖޭގެ 60 އިންސައްތައަށް މިހާރު ލިބޭނެ ކަމަށެވެ.

އެ މަސައްކަތުގެ ފޭސް ތިނެއްގައި 100 އިންސައްތަ ކަވަރޭޖް ހާސިލްކުރެވޭނެކަން ފާހަގަކޮށް އުރީދޫން ބުނީ ހަލުވި ސްޕީޑާއި، ލެޓެންސީ ދަށްވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ރަނގަޅު 5ޖީ ނެޓްވޯކެއް ލިބޭނެކަމަށެވެ. މި ޚިދުމަތް 22 ރަށަކާއި ފަސް ރިސޯޓަކަށް ވަނީ ފުޅާވެފައެވެ.

ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް ޚަމަދީ ވިދާޅުވީ، ދުނިޔެއަށް ޓެކްނޮލޮޖީ ފުޅާވެގެންދާއިރު ލިބޭ ޚިދުމަތްތައް ރާއްޖެއަށް ވެސް ގެނެސްދިނުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް އުރީދޫން ކޮށްދޭނެ ކަމަށެވެ

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved