April 24, 2026
Advertisement
މަލީހް ޖަމާލް
މަލީހް ޖަމާލް / ތޭރަ އޮންލައިން

މަޖިލިސް މެމްބަރުން މިހާ ނިކަމެތިކުރި ވެރިކަމެއް އަދި ނާދޭ: މަލީހް

Aishath Naja
އައިޝަތު ނަޖާ
Aug 4, 2024, 04:55 PM
މާލެ ސިޓީ

ރައްޔިތުން މަޖިލީހުގެ މެމްބަރުން މިހާ ނިކަމެތި ކުރި ވެރިކަމެއް އަދި މި ނޫނީ ނާންނަ ކަމަށް ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

މަލީހް މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެެއްގައެވެ.

އެގޮތުން މެމްބަރުންނަށް މިހާރު އޮތީ ރައީސް މުއިއްޒު ވިދާޅުވާ އެއްޗެއް ވިދާޅުވިގޮތަކަށް އެކްސްކޮށް އޭގެ ސްކްރީން ޝޮޓް ޕީޖީ ޖޮއިންޓް ވަޓްސްއެޕް ގުރޫޕަށްލުން ކަމަށް ވެސް މަލީހް ވިދާޅުވިއެވެ.

އޭގެއިތުރުން މެމްބަރުންނަށް އެ މެމްބަރުންގެ ދާއިރާއަށް ނޭރޭ ކަމަށް ވެސް މަލީހްގެ ޕޯސްޓްގައި ވަނީ ވިދާޅުވެފައެވެ.

ސަރުކާރު ދިފާއުކޮށް ވާހަކަ ދެއްކުމަށް ޓީވީ ޕްރޮގްރާމުތަކަށް އަރާ ވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ ހުރިހާ މެމްބަރުންނަށް ރައީސް މުހައްމަދު މުއިއްޒު ވަނީ އަމުރު ވެސް ކުރައްވާފައެވެ.

އެގޮތުން ރައީސް މުއިއްޒުއާ އެކު އެމްޕީން ތިއްބަވާ ކޮމިއުނިކޭޝަން ގްރޫޕެއްގެ ސްކްރީން ޝޮޓެއް ދާދި ފަހުން ވަނީ ދައުރުވެފައެވެ. އޭގައި ވާގޮތުން ރައީސް މުއިއްޒު ވަނީ ރައީސް އޮފީހުގެ ޕީއާރު ހެޑް ޚަލީލްގެ އިސްނެގުމާއެކު ޓީވީ ޕްރޮގްރާމުތަކަށް އަރަން މީހުން ހަމަޖައްސަމުން ދާއިރު އެމްޕީއިން އެއްބާރުލުން ދިނުމަށް އެދިފައެވެ.

ސަރުކާރު ދިފާއު ކުރުމަށް ރައީސް މުއިއްޒު އަންނަނީ މުލިއާގެއިން މެމްބަރުންނަށް ކޮންމެ މަހަކުވެސް ބައި ލައްކަ ރުފިޔާ ދެމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved