March 12, 2026
Advertisement
މަލީހް ޖަމާލް
މަލީހް ޖަމާލް / ތޭރަ އޮންލައިން

ބަންގްލަދޭޝްގެ ހާލަތަށް ގައުމު ވެއްޓުމުގެ ކުރިން ސަލާމަތްކުރަންޖެހޭ: މަލީހް

Aminath Zara
އައިމިނަތު ޒާރާ
Aug 6, 2024, 03:16 PM

ގައުމެއް ކުރިއަރާގެން ދާނީ އެ ގައުމެއްގެ ރައްޔިތުންގެ ފޮނި އުއްމީދުތަކާއި ދެކެމުންދާ ހުވަފެންތަކުގައި ކުލަ ޖެހެމުންދާވަރަކަށް ކަމަށާއި ރައްޔިތުން ކުރަމުންދާ އުއްމީދުތަކުގައި ވެރިން ކޮޅުފައިން ޖެހުމުން ދެން ގައުމުގެ ހާލަތު ދާ ހިސާބު ބަންގްލަދޭޝްގެ މިހާރުގެ ހާލަތުން މިސާލު ނަންގަވަންޖެހޭކަމަށް ޕީއެންއެފްގެ ސެކްރަޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

ހޯމަ ދުވަހުގެ ރޭ ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަދައްކަވަމުން މަލީހް ވަނީ ބަންގްލަދޭޝްގެ ހާލަތަށް އަލިއަޅުއްވާ އެހިސާބަށް ދިވެހިރާއްޖޭގެ ހާލަތު ދިޔުމުގެ ކުރިން ގައުމު ސަލާމަތްކުރުމަށް މިހާރުގެ ސަރުކާރަށް ގޮވާލައްވާފައެވެ.

ޤާނޫނު އަސާސީގެ ހަތަރު ވަނަ މާއްދާގައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަން ވަރަށް ސަރީހަކޮށް ބަޔާންކޮށްފައިވާ ކަމަށް މަލީހް ފާހަގަކުރެއްވިއެވެ. އެހެންކަމުން ރައްޔިތުންގެ އުއްމީދުތަކާއި އެއްގޮތަށް އިސްރާފުނުކޮށް ގައުމަށް ފައިދާވާނެހެން ވެރިކަން ކުރަންޖެހެނީ މި ސަބަބަށްޓަކައި ކަމަށްވެސް މަލީހް ފާހަކުރެއްވިއެވެ.

އެހެން ނަމަވެސް، ވޯލްޑް ބޭންކް، އައިއެމްއެފް އަދި އެމްއެމްއޭ ރިޕޯޓުތަކުން ރާއްޖޭގެ އިގްތިސާދީ ހާލަތު ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާއިރު، މި ކަންކަމަށް ރިޢާޔަތްކުރުމެއް ނެތި ސަރުކާރުން އެއްވެސް ޒިންމާދާރުކަމެއްނެތި ސިޔާސަތުތައް ބައްޓަންކުރަމުންދާތީ ކަންބޮޑުވާކަމަށް މަލީހް ވިދާޅުވިއެވެ.

އަވަށްޓެރި ލަންކާއަށް ދިމާވި ހާލަތު ވަރަށް ކައިރިން ފެނިފައިވާއިރު ދިވެހިރާއްޖެ މިފަދަ ހާލަތަށް ނުވެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތް އިސްރާފު ނުކޮށް ކުރުމަށް ސަރުކާރަށް މަލީހް ވަނީ ނަސޭހަތްތެރިވެފައެވެ. ރާއްޖެއަށް މާލީ ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ކުރިން ދެއްކެވޭ ވާހަކަތަކަށް ވިސްނާ ގައުމާއި ދޭތެރޭ ފުންކޮށް ވިސްނެވުމަށް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރަށް މަލީހް ވަނީ ގޮވާލާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved