March 10, 2026
Advertisement
ސިންވާރު ހަނިޔްޔަ އާ އެކު
ސިންވާރު ހަނިޔްޔަ އާ އެކު / ސޯޝަލް މީޑިއާ

ހަމާސްގެ އައު ވެރިޔަކަށް ޔަޙްޔާ ސިންވާރު ޢައްޔަންކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Aug 7, 2024, 11:39 PM
ޣައްޒާ

ހަމާސްގެ އައު ވެރިޔަކަށް ޣައްޒާގެ އެންމެ އިސް ލީޑަރު ޔަޙްޔާ ސިންވާރު ޢައްޔަންކޮށްފިއެވެ.

Advertisement

ހަމާސްގެ ސިޔާސީ އަދި އަސްކަރީ ހަރަކާތުގައި މުހިއްމު ދައުރެއް އަދާކުރަމުން އައި ސިންވާރު އެ އެ ޖަމާޢަތުގެ އައު ވެރިޔަކަށް އައްޔަންކުރެވުނީ ހަމާސްގެ ޝޫރާ ކައުންސިލްގެ އިއްތިފާގުންނެވެ.

މި ބަދަލާއެކު، ހަމާސްގެ ލީޑަރޝިޕްގައި އައު ބަދަލުތަކެއް އަންނާނެކަމަށް ބެލެވެއެވެ. ނަމަވެސް، އިސްރާއީލާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ސިޔާސަތުތަކަށް މާބޮޑު ބަދަލެއް ނާންނާނެކަމަށް ގިނަ ތަޙްލީލުވެރިން ދެކެއެވެ.

ސިންވާރުގެ ވެރިކަމުގެ ދަށުން ހަމާސް ކުރިއަށްދާނެ ގޮތަކާމެދު ބައިނަލްއަގްވާމީ މުޖުތަމައުން މިހާރު ދަނީ ބަލަމުންނެވެ. އަދި މެދު އިރުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް މިކަމުން ކޮށްފާނެ އަސަރުތައް ވަޒަންކުރަމުންދެއެވެ.

ސިންވާރު ހަމާސްގެ އެންމެ އިސް ވެރިޔާގެ މަގާމަށް އައްޔަންކުރީ އެ މަގާމުގައި ހުންނެވި އިސްމާޢީލް ހަނިއްޔާ ތެހްރާންގައި ޝަހީދުކޮށްލުމާ ގުޅިގެންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved