May 2, 2026
Advertisement
ކުރީގެ ނައިބު ރައީސް ޖަމީލް
ކުރީގެ ނައިބު ރައީސް ޖަމީލް / ސޯޝަލް މީޑިއާ

ފައިސަލަކީ ރައީސް މުއިއްޒުގެ ރޯލް މޮޑެލްގެ ޔަންގަރ ވާޝަން: ޑރ ޖަމީލް

Aishath Naja
އައިޝަތު ނަޖާ
Aug 14, 2024, 12:45 AM
މާލެ ސިޓީ

ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރޯލް މޮޑެލްގެ ޔަންގާރ ވާޝަން ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

Advertisement

ޑރ ޖަމީލް މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ފައިސަލް "ބްރޯކަން އިންގްލިޝް" އިން ވާހަކަ ދައްކާ ވީޑިޔޯއެއް ހިއްސާކުރަމުންނެވެ.

އެގޮތުން އެ ޕޯސްޓްގައި އެމަނިކުފާނު ވަނީ "އައްޒުމަރު" ސޫރަތުގެ 9 ވަނަ އާޔަތުގެ މާނައިގެ ވާހަކަ ވެސް ހިއްސާކޮށްފައެވެ. އެ އާޔަތުގެ މާނައިގެ ޒަރީއާއިން ޑރ ޖަމީލް ވަނީ ދަންނަ މީހުންނާ ނުދަންނަ މީހުންނާ ހަމަ ހަމަ ނުވާނެކަމަށް އިޝާރަތް ކުރައްވާފައެވެ.

އަދި އިތުރަށް އެމަނިކުފާނު ވިދާޅުވީ ދިވެހިރައްޔިތުންނަށް މުޅިން ދޮގު ވައުދުވި ރައީސް މުއިއްޒަށް ފައިސަލް ކަހަލަ އެއްވެސް ތައުލީމެއް ނެތް ފަރާތެއް ކެބިނެޓްގައި ހުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

"މި ފެންވަރުގެ ކެބިނެޓް ވަޒީރަކު އެކަށީގެން ވަނީ ހަމަ އެ ވަރުގެ ވެރިޔަކަށް" ޑރ ޖަމީލް ގެ ޕޯސްޓްގައި ވެއެވެ.

އަދުރޭ އަކީ ރައީސް މުއިއްޒުގެ ރޯލް މޮޑެލް ކަމަށް އެމަނިކުފާނު ވިދާޅުވުމުން، ފައިސަލަކީ ރޯލް މޮޑެލް އަދުރޭގެ ޔަންގާރ ވާޝަން ކަމަށް ވިދާޅުވެ ޑރ ޖަމީލް ވަނީ ފާޑުކިޔުން އަމާޒުކޮށްފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved