April 24, 2026
Advertisement
މަލީހް ޖަމާލް ވާހަކަ ދައްކަނީ
މަލީހް ޖަމާލް ވާހަކަ ދައްކަނީ / ސޯޝަލް މީޑިއާ

މަލީހް އެޑިޔުކޭޝަން މިނިސްޓަރަށް: އަދުރޭ ތައުލީމާ ދެކޮޅަށް ކެމްޕެއިން ކުރާއިރު، ތި ހުންނަވަނީ ހަނު

Aishath Naja
އައިޝަތު ނަޖާ
Aug 15, 2024, 11:02 PM
މާލެ ސިޓީ

މަޖިލިސް ރައީސް ތައުލީމާ ދެކޮޅަށް ކެމްޕެއިން ކުރައްވާއިރު، އެޑިޔުކޭޝަން މިނިސްޓަރ އިސްމާއިލް ޝަފީއު ހަނު ހުންނަވާތީވެ، ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ފާޑު ވިދާޅުވެއްޖެ އެވެ.

Advertisement

މަލީހް މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އެގޮތުން މަލީހް ވިދާޅުވީ އަދުރޭ ތައުލީމާ ދެކޮޅަށް ކެމްޕެއިނެއް ފައްޓަވައިގެން އުޅުއްވާ ކަމަށެވެ.

އަދި އެ ކެމްޕެއިންގައި ދަރިކަލުން، ޓުއަރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ބައިވެރި ކުރުއްވައިގެން އުޅުއްވާއިރު އެކަމާ މިނިސްޓަރު ޝަފީއު އެއްޗެއް ވިދާޅުނުވުމުން ދަރިވަރުންތައް ހިތްހަމަ ނުޖެހުން ފާޅު ކުރާނެކަމަށް ވެސް މަލީހް ވިދާޅުވި އެވެ.

ގިނަ ފަރާތްތަކުން އަދުރޭ އަދި ފައިސަލްގެ ވެސް އެއްވެސް ތައުލީމެެއް ނެތް ކަމަށް ބުނަމުން އަންނަ އިރު، ދާދި ފަހުން ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީގެ ހަރުގެ ޖަލްސާގެ ޕޯޑިއަމްގައި އަދުރޭ ވަނީ ތައުލީމަކީ އެހާ މުހިންމު އެއްޗެއް ނޫންކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved