March 10, 2026
Advertisement
ލާމު ގަން
ލާމު ގަން / ޕީއެސްއެމް

ބޮގަރު ކެއްކި ދެ ދިވެހިން ލ.ގަމުން ހައްޔަރުކޮށްފި

Aishath Naja
އައިޝަތު ނަޖާ
Aug 17, 2024, 06:39 PM
މާލެ ސިޓީ

ބޮގަރު ކައްކައި އޭގެ ވިޔަފާރި ކުރުމުގެ ތުހުމަތުގައި ލ.ގަމުން ދެ ދިވެހިން ހައްޔަރުކޮށްފިއެވެ.

Advertisement

ފުލުހުން ބުނީ ލ.ގަމު ތުނޑީ އަވަށުގެ ވިލެޖް ގޭގައި ބޮގަރު ކައްކައި އޭގެ ވިޔަފާރި ކުރާކަމަށާއި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެގެ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެގޮތުން ފުލުހުން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި އެގެއިން 24.4 ގްރާމްގެ ހެރޮއިންކަމަށް ޝައްކުކުރެވޭ މަސްތުވާއެއްޗެއް ފެނިފައިވާކަމަށާއި ބޮގަރުކަމަށް ޝައްކު ކުރެވޭ ދެ ރުނބަޔާއި ފަސް ލީޓަރުގެ ފުޅިއަކާއި، ބޮގަރު ކައްކަން ބޭނުންކުރާ ސާމާނު ފެނިފައިވާކަމަށް ފުލުހުން ވަނީ މަޢުލޫމާތު ދީފައެވެ.

މި މައްސަލައާއި ގުޅިގެން ދިވެހި ދެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އެއީ 42 އަހަރުގެ މީހަކާއި 57 އަހަރުގެ މީހެއް ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved