April 18, 2026
Advertisement
Maldives Police Service
Maldives Police Service / ޕޮލިސް

މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 25, 2026, 11:15 AM
މާލެ ސިޓީ

މާލޭ ބޮޑުތަކުރުފާނު މަގު، ބްރިޖް ކައިރި ޓްރެފިކް ލައިޓް ސަރަޙައްދުގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކޮންޓްރޯލުން ނެއްޓި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި، ސައިކަލު ފަހަތުގައި އިން 16 އަހަރުގެ ފިރިހެން ކުއްޖަކު ނިޔާވެއްޖެއެވެ.

Advertisement

ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެންނެވެ. މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން 19 އަހަރުގެ ޒުވާނާއަށާއި ފަހަތުގައި އިން 16 އަހަރުގެ ކުއްޖާއަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވެއެވެ. 16 އަހަރުގެ ކުއްޖާ ނިޔާވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާ ތަޙުޤީޤު ކުރަމުންދާ އިރު، އެކްސިޑެންޓުވި ސައިކަލު ދުއްވަން އިން 19 އަހަރުގެ ޒުވާނާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތްކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ފަހަކަށް އައިސް މާލޭގެ މަގުތަކުގައި އެކްސިޑެންޓުތައް ހިނގާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ފުލުހުންގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ ހަފްތާގައި އެކަނިވެސް މާލޭގައި 38 އެކްސިޑެންޓު ހިނގާފައިވެއެވެ. މީގެ ތެރެއިން 11 އެކްސިޑެންޓެއް ހިނގާފައިވަނީ ނިމިދިޔަ ހޮނިހިރު ދުވަހުއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ގަވާއިދުތަކަށް ބޯލެނބުމަށާއި ބާރު ސްޕީޑުގައި އުޅަނދުތައް ނުދުއްވުމަށް ކަމާބެހޭ ފަރާތްތަކުން ތަކުރާރުކޮށް އިލްތިމާސް ކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved