April 24, 2026
Advertisement
މުހައްމަދު މަލީހް ޖަމާލް
މުހައްމަދު މަލީހް ޖަމާލް / ތޭރަ އޮންލައިން

ބާޒާރުގައި ޑޮލަރުގެ އަގު ވަނީ މަތި، ސަރުކާރަކަށް ޖަވާބެއް ނުދެވޭ: މަލީހް

Aishath Naja
އައިޝަތު ނަޖާ
Aug 19, 2024, 03:48 AM
މާލެ ސިޓީ

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ އިންތިހާޔަށް މަތިވެފައިވާ ކަމަށާއި މިކަމަށް ސަރުކާރުން ޖަވާބުދާރީ ވެސް ވާ މަންޒަރެއް ނުފެންނަކަމަށް ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.

Advertisement

މަލީހް މިފަދައިން ވިދާޅުވެފައި ވަނީ އާދިއްތަ ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި ކުރިޔަށް ދިޔަ ޖަލްސާގައި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދާ ސުވާލު އަމާޒު ކުރައްވަމުންނެވެ.

އެގޮތުން މަލީހް ވިދާޅުވީ ޑޮލަރުގެ އަގު ދެން ދާނީ ތިރިޔަށް ކަމަށް އަދުގެ ރައީސް ޑރ މުހައްމަދު މުއިއްޒު އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް އެތައް ފަހަރެއްގެ މަތިން ވިދާޅުވެފައިވާ ކަމަށެވެ.

ނަމަވެސް އެ މަންޒަރެެއް ފެންނާކަށް ނެތް ކަމަށާއި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުޅެނީ 18.25ރ އަށާއި 18.30ރ އަށް ކަމަށް ވިދާޅުވެ މަލީހް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުކޮށްފަ އެވެ.

ޑޮލަރުގެ އަގު ދެން ދާނީ ތިރިޔަށްށޭ، އެ ދާނީ ތިރިޔަށްށޭ، ގޮއްސަ މީތި ޖެހޭނީ 15.42 އަކަށޭ

މަލީހް ވިދާޅުވި އެވެ

އޭގެއިތުރުން މަލީހް ވަނީ ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު އުޅެނީ 140ރ އަށްކަމަށް ވެސް ވިދާޅުވެ ނުރުހުން ފާޅުކޮށްފަ އެވެ.

އަދި މަސްިވެރިންގެ އަތުން ސަރުކާރުން ގަންނަ އަދަދު ކުޑަވެފައި ވިއްކާ އަގު ބޮޑު ކަމަށް ވިދާޅުވެ މަލީހް ވަނީ ސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން ދެއްކެވި ވާހަކަތަކާ ހިލާފްވެފައިވާނ މިންވަރު ފާހަގަކުރައްވާފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved