March 24, 2026
Advertisement
މުހައްމަދު މަލީހު ޖަމާލް
މުހައްމަދު މަލީހު ޖަމާލް / ތޭރަ އޮންލައިން

މަލީހްގެ ސުވާލެއް ސަރުކާރަށް: ދުނިޔެ މަކަރާ ޖަހައިގެން ތިބެވިދާނެތޯ؟

Aishath Naja
އައިޝަތު ނަޖާ
Aug 29, 2024, 03:23 PM
މާލެ ސިޓީ

އަދުގެ ސަރުކާރުން ރައްޔިތުންނަށް ކަންކަން ހާމަނުކޮށް އޮޅުވާލަމުންގެންދާތީ ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ފާޑުވިދާޅުވެއްޖެ އެވެ.

Advertisement

މަލީހް މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އަދި މަޖިލިސް ރައީސް އަދުރޭ އެތިއްބެވީ ރައްޔިތުންނަށް އޮޅުވާލާ ރައްޔިތުން ހަވާލުކުރި އަމާނާތަކަށް ޚިޔާނާތްތެރިވެގެންކަމަށް މަލީހް ވަނީ ވިދާޅުވެފައެވެ.

މަލީހް އިތުރަށް ވިދާޅުވީ ރައްޔިތުން އެދަނީ އެ ދެބޭފުޅުން ދައްކަވާ ލަންބާޗޯޅާ ވާހަކަ ގާތުން އަޑުއައްސަވަމުންކަމަށެވެ.

އަދި ދުނިޔެ މަކަރާ ޖަހައިގެން އުޅެވިދާނެތޯ އައްސަވާ މަލީހް ވަނީ ސުވާލު ވެސް އުފައްދަވާފައެވެ.

ހާމަކަންބޮޑު ސަރުކާރެއްގެ ގޮތުގައި ދައުވާ ކުރާއިރު ސަރުކާރުގެ ގިނަ ކަންކަން ހުރީ ފޮރުވިފައެވެ. ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގެ ބަދަލުގައި ފެންނަނީ އަނެއްކާވެސް އެ ވައުދުތައް ތަކުރާރު ކުރާ މަންޒަރުކަމުން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved