March 24, 2026
Advertisement
މުހައްމަދު މަލީހް ޖަމާލް
މުހައްމަދު މަލީހް ޖަމާލް / ސޯޝަލް މީޑިއާ

މަޖިލީހުގެ ރައީސް ކަމުން އަދުރޭ އަޒުލުކުރަންޖެހޭ: މަލީހް

Aminath Zara
އައިމިނަތު ޒާރާ
Sep 1, 2024, 06:21 AM
މާލެ ސިޓީ

ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ސިޔާސަތުގެ ދަށުން ބިނާކުރި ސިނަމާލެ ބްރިޖްގެ މަސައްކަތްތަކުގެ ތެރޭގައި އެއް ލޭން މަދުކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުންނާއި އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެއްޖެއެވެ.

Advertisement

މިގޮތުން ޕީއެންއެފްގެ ސެކްރަޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަދުރޭ މަޖިލިސް ރައީސް ކަމުން މިހާރުން މިހާރަށް އަޒުލުކުރުމަށް ވަނީ ގޮވާލާފައެވެ.

ސަންގު ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި އަދުރޭ ރައީސް މުއިއްޒުއާއި ގުޅިގެން މިފަދައިން ވާހަކަދެއްކުމުން ގިނަ ބަޔަކު ވަނީ އެއީ މުއިއްޒު އާއި ދެކޮޅަށް ބަޣާވާތެއް ކުރަން އުޅޭ ކަމަށް ސިފަކޮށްފައެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ހައުސިން މިނިސްޓަރގެ މަގާމުގައި ހުންނެވި އިރު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ބުނެފައިވަނީ ދެކޮޅަށް ދުއްވާ ބައިސްކަލް ދުއްވާ ލޭނަކާއި، ހިނގާފައި ބްރިޖް ހުރަސް ކުރާނެ ލޭނަކާއި، ހަތަރު ފުރޮަޅުލީ ވެހިކަލް ދުއްވާ ދެ ލޭނާއި އަދި މޮޓޯބައިކް / ސައިކަލު ދުއްވާ ދެ ލޭން ހިމެނިފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މި މަޝްރޫއުއިން ކޮރަޕްޝަން ހިންގާފައިވާ ކަން ސާފުކޮށް ފެންނަން އޮތް ކަމަށް މަލީހް ވިދާޅުވިއެވެ.

ރައީސް ޔާމީން އަށް ޚިޔާނާތްތެރި މީހެއް މުއިއްޒުއަށްވެސް ހެވެއް ނޭދޭނެ ކަމަށް މަލީހް ސިފަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved