April 24, 2026
Advertisement
މުހައްމަދު މަލީހް ޖަމާލް
މުހައްމަދު މަލީހް ޖަމާލް / ސޯޝަލް މީޑިއާ

އެޗްޑީސީގެ ހިއްސާ ވިއްކަން ނިންމުމުން މަލީހް ޖަމާލް ފާޑުވިދާޅުވެއްޖެ

Aishath Naja
އައިޝަތު ނަޖާ
Sep 2, 2024, 02:12 AM
މާލެ ސިޓީ

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ހިއްސާ ވިއްކުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމެވުމާއި ގުޅިގެން ޕީއެންއެފްގެ އެސްޖީ މުހައްމަދު މަލީހް ޖަމާލް ފާޑުވިދާޅުވެއްޖެ އެވެ.

Advertisement

މަލީހް މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން މަލީހް ވިދާޅުވީ ހަރު މުދާ ނުވިއްކާ ވެރިކަން ނުކުރެވޭނަމަ ވެރިކަމުން ފައިބާ ގޭގައި މަޑުކުރުމަށެވެ.

ރައީސް މުއިއްޒު އަދި މަޖިލިސް ރައީސް އަދުރޭ އަށްވުރެ ގައުމު ބޮޑުވާނެކަމަށް ވެސް މަލީހް ވަނީ ޕޯސްޓްގައި ވިދާޅުވެފައެވެ.

(އެޗްޑީސީ) ގެ ހިއްސާ ވިއްކުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިސްނަވާފައިވާކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ހައިދަރު މިހެން ވިދާޅުވީ އާދިއްތަ ދުވަހުގެ ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަންކަމުގެ މައުލޫމާތު ހިއްސާ ކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved