March 24, 2026
Advertisement
ކުރީގެ ނައިބު ރައީސް ޖަމީލް
ކުރީގެ ނައިބު ރައީސް ޖަމީލް / ސޯޝަލް މީޑިއާ

ޑރ ޖަމީލް ހަނދާންކޮށްދެއްވީ އަދީބަކީ ކާކުކަން!

Aishath Naja
އައިޝަތު ނަޖާ
Sep 3, 2024, 11:35 PM
މާލެ ސިޓީ

އެމްއެމްޕީއާރްސީގެ މުލު ވަގު ކަމުގައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ނުރަސްމީ އިގްތިޞާދީ މުޝީރުކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ފާޑުކިޔުން އަމާޒުކޮށްފި އެވެ.

Advertisement

ދާދި ފަހުން އަދީބު ވަނީ މި ސަރުކާރަށް އިގްތިޞާދީ ލަފާދޭކަމަށް ބުނެ އެކްސްގައި ޕޯސްޓް ކުރައްވާފައެވެ. އެކަމާ ގުޅުވާ ޑރ ޖަމީލް ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާ އަދީބަކީ މި ސަރުކާރުގެ ނުރަސްމީ އިގްތިޞާދީ މުޝީރުކަމަށް ވިދާޅުވެފައެވެ.

ޑރ ޖަމީލް އިތުރަށް ވިދާޅުވީ އަދީބަކީ އެމްއެމްޕީއާރުސީގެ އެތައް ސަތޭކަ މިލިއަން ޑޮލަރަކަށް ޚިޔާނާތްތެރިވި ކުށްވެރިއެއްކަމަށާއި ރައީސް ޔާމީން އަބްދުލްގައްޔޫމް އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް އަދިވެސް ޓެރަރިޒަމްގެ ދައުވާ އެބައޮތް ކަމަށެވެ.

އަދި އޭގެއިތުރުން ރައީސް ޔާމީން ހުރަގެޔަށްލުމަށް ހެކިބަސް ހަދައިދިން ދައުލަތުގެ ހަމައެކަނި ހެކިވެރިޔާ އަކީ ވެސް އަދީބުކަމަށް ޑރ ޖަމީލް ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް އަދީބުގެ ކިބައިގައި މިއަދު ވާހަކަ ދެއްކުމުގެ ވެސް ހިތްވަރު އެބަހުރި ކަމަށް ވިދާޅުވެ ޑރ ޖަމީލް ވަނީ ފާޑުކިޔުން އަމާޒުކޮށްފައެވެ.

އަދި އޭގެއިތުރުން އަދީބަކީ މިހާރުވެސް އިންސާފުވެރި ދައުވާތަކަށް ފަހު 800 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރަމުން ގެންދަން ޖެހޭ މީހެއްކަމަށް ވިދާޅުވެ ޑރ ޖަމީލް ވަނީ އެއީ ކާކުކަން މި ސަރުކާރަށް ހަނދާންކޮށްދެއްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved