March 24, 2026
Advertisement
މުހައްމަދު މަލީޙް ޖަމާލް
މުހައްމަދު މަލީޙް ޖަމާލް / ސޯޝަލް މީޑިއާ

މަލީހް މުއިއްޒަށް: ރައީސް ޔާމީންގެ ކުށަކީ މަނިކުފާނަށް ވެރިކަން ހޯދައިދިނުންތޯ؟

Aminath Zara
އައިމިނަތު ޒާރާ
Sep 4, 2024, 05:47 PM
މާލެ ސިޓީ

އާރާއި ބާރަކީ ވަގުތީ އެއްޗެއް ކަމަށާއި އަނިޔާވެރިވުން ހުއްޓާލުމަށް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ރައީސް ޑރ މުހައްމަދު މުއިއްޒު އަށް ގޮވާލައްވާފިއެވެ.

Advertisement

މަލީހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރައީސް ޔާމީންގެ ހިތްވަރުންނާއި އެމަނިކުފާނުގެ ވިސްނުންފުޅު ޕްރޮމޯޓްކޮށްގެން ކަމަށެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީނަށް ރައްޔިތުންގެ ހިތުގައި އޮތް ލޯތްބާއި އެމަނިކުފާނަށް ކުރެއްވި އިތުބާރުން ކަމީ މުޅި ރާއްޖެ ހެކިވާނެ ހަގީގަތެކެވެ. ރިޔާސީ ކެމްޕޭން ތެރޭގައި މުއިއްޒު އެންމެ ބޮޑަށް ދެއްކެވީވެސް ރައީސް ޔާމީން މިނިވަން ކުރައްވާނެ ވާހަކައަކާއި އެމަނިކުފާނަށް އިންސާފު ހޯއްދަވައިދެއްވާނެ ކަމުގެ ވާހަކައެވެ.

ނަމަވެސް ފެނިގެން ދިޔައީ މުޅިން ތަފާތު މަންޒަރެކެވެ. ވެރިކަމުގެ ހުވާ ކުރެއްވުމާއެކު ދައްކަމުން ގެންދިޔަ "ހުސް ގޮނޑި" ގެއްލި، ގުނަމުންދިޔަ ދުވަސްތައް ހަނދާންނެތިގެން ދިޔަ ތަނެވެ.

ބޮޑާވެ ކިބުރުވެރިކަން އިސްކުރާނަމަ ވެރިކަން ގެއްލެން މާ ގިނަ ދުވަހެއް ނުނަގާނެކަމަށް މަލީހް ސިފަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved