March 22, 2026
Advertisement
ޕީއެންއެފް ޓިކެޓުގައި މަޖިލީހަށް ވާދަކުރުމަށް ޝައުގުވެރިވާ ކެންޑިޑޭޓުން ތައާރަފްކުރުމަށް ބޭއްވި ޖަލްސާ
ޕީއެންއެފް ޓިކެޓުގައި މަޖިލީހަށް ވާދަކުރުމަށް ޝައުގުވެރިވާ ކެންޑިޑޭޓުން ތައާރަފްކުރުމަށް ބޭއްވި ޖަލްސާ / މިސްބާހް | ތޭރަ އިމޭޖްސް

އަޅުގަނޑު ނަމޫނާ އަކަށް ބަލަނީ ހިތްތަކުގެ ރައީސް، ރައީސް ޔާމީންގެ މިސާލު: ނާސިފް

Hanaan Naeem
ހަނާން އަހުމަދު ނަޢީމް
Jan 30, 2024, 04:54 AM

ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަކީ ނަމޫނާއެއްގެ ގޮތުގައި ބަލަމުން އަންނަ މިސާލުކަމުގައި ރައީސް ޔާމީން އަލަށް އުފައްދަވާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ހުސައިން ނާސިފް ސިފަކުރައްވައިފިއެވެ.

Advertisement

ނާސިފް މިފަދައިން ވިދާޅުވެފައިވަނީ، ދަ ފްރަންޓް އޮފީހުގައި އާދިއްތަ ދުވަހުގެ ރޭ ކެންޑީޑޭޓުން ތައާރަފް ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްވަމުންނެވެ.

އެގޮތުން ނާސިފް ވަނީ، އޭނާއަކީ ފައިސާއަށް ނަފްސު ވިއްކާނެ މީހެއް ނޫން ކަމަށާއި ޖާހަތުގެ ކުލަ ބަަލުކުރާނެ މީހެއް ނޫން ކަމުގެ ޔަގީންކަން ދެއްވާފައެވެ.

އިތުރަށް އޭނާ ވިދާޅުވީ އެހެން ނޫން ނަމަ އޭނާ "ފްރީ ރައީސް ޔާމީން" ޖައްސަވާފައި ހުރި ޕޯޑިއަމްއެއް ކައިރީގައި ރ.އަތޮޅުގެ ރައީސްއެއްގެ ގޮތުގައި ވާހަކަ ދައްކަން ނުހުންނަވާނެ ކަމަށެވެ.

އަޅުގަނޑަކީ މިއީ މާޚުރަތު ސުވާސާގެ ހުސައިން ނާސިފް ވެގެންނ ރ.އަތޮޅު ކައުންސިލްގެ ރައީސްގެ ގޮނޑި އަދާކުރަމުންދާ މީހެއް ނޫން. އަޅުގަނޑަކީ ދިވެހިރާއްޖެއަށް އެތައް ބަދަލުތަކެއް ގެނެސްދެއްވި ކަމަށް ރާއްޖޭގެ މެޖޯރިޓީ ގަބޫލުކުރާ ރައީސްއެއްގެ މިންނެއް މަސައްކަތްޕުޅުގެ ވާހަކަ ދިވެހި ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަށް މަސައްކަތް ކުރަމުން އައި ނޫސްވެރިއެއްގެ ހައިސިއްޔަތުން އައިސް ހުރި މީހެއް

ރ.އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ނާސިފް

ނާސިފް ވިދާޅުވީ މުޅު ދައުލަތް އެއްކޮށް ހުށައެޅިޔަސް ވިކޭނެ މީހެއް ނޫން ކަމަށެވެ.

ނާސިފްގެ އިތުރުން އެ ޖަލްސާގައި ވާޙަކަ ދެއްކި އިތުރު ކެންޑިޑޭޓުން ވެސް ވަނީ ރައީސް ޔާމީންގެ ފިކުރާއި އެއްގޮތަށް އެންމެ ފުރަތަމަ ދީނާއި ޤައުުމު އިސްކުރާނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved