އއ. ރަސްދޫގެ އާންމު ތަންތަނުގައި ބަރަހަނާ ފިލްމުތަކެއް ކުޅުނު ކަމަށް ބުނާ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
މިވާހަކަ ވަނީ މީސްމީޑިޔާގައި ވަރަށް ގަދަޔަށް ދެކެވެން ފަށާފައެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ ރަސްދޫގެ މަގުތަކާއި ބީޗުގައި ފަތުރުވެރިންތަކެއް ބަރަހަނާ ފިލްމުތަކެއް ކުޅުނު މައްސަަލަ އެއް އަދި އެފަދަ ޝަކުވާއެއް ވެސް ފުލުހުންނަށް ލިބިފައެއް ނުވާ ކަމަށެވެ.
އެހެން ނަަމަވެސް މީސްމީޑިއާގައި އެފަދަ ވާހަކަތަކެއް ދައުރުވަމުންދާތީ ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ދިވެހީންގެރާއްޖޭގައި މިފަދަ ކަންކަން ނުހިނގާނެ ކަމަށް ރިޔާސީ އިންތިޚާބްގެ ކެމްޕެއިން ދުވަސްވަރު ވިދާޅުވި ނަމަވެސް ކަންކަން މި ވަނީ އެޔާ ދިމާއިދިކޮޅަށެވެ.