April 30, 2026
Advertisement
ޣައްޒާ
ޣައްޒާ / އަލްޖަޒީރާ

ގާޒާގެ ސޭފް ޒޯނަށް ސަހްޔޫނީން ދިން ހަމަލާތަކުގައި 19 މީހުން ޝަހީދުވި ކަމަށް ރިޕޯޓްކޮށްފި

Aminath Zara
އައިމިނަތު ޒާރާ
Sep 12, 2024, 01:45 PM
މާލެ ސިޓީ

ދެކުނު ޣައްޒާގައި ކަނޑައެޅިފައިވާ ރައްކާތެރި ސަރަހައްދަކަށް ސަހްޔޫނީން ދިން ހަމަލާއެއްގައި 19 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.

Advertisement

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނީ ފަލަސްތީނު މީހުން ހިޔާވަހިކަން ހޯދާފައިވާ ޚާން ޔޫނިސްގެ އަލް މަވާސީ ސަރަހައްދުގައި ހުންނަ ޓެންޓް ކޭމްޕަކަށް މިސައިލް ހަމަލާދިނުމުން މިހާތަނަށް ހޯދިފައިވާ މީހުންގެ ހަށިގަނޑުތައް ހޮސްޕިޓަލްތަކަށް ގެނެސްފައިވާ ކަމަށެވެ.

ސަހްޔޫނީންގެ ހަމަލާތައް ގިނައިން އަމާޒުވެފައި ވަނީ އެގައުމުގެ އަސްކަރިއްޔާއިން ކުރިން އާންމުންނަށް ރައްކާތެރިކަން ހޯދުމަށް އަންގާފައިވާ ސަރަހައްދުތަކަށް ކަން ފާހަގަކުރެވިފައިވެއެވެ.

އަނިޔާވެފައިވާ ވެފައިވާ މީހުންގެ އަދަދު އަދިވެސް ޔަގީން ނުވާކަމަށާއި އެމްބިއުލާންސް އާއި ސިވިލް ޑިފެންސް ކްރޫތަކަށް އެމީހުންނާ ހަމައަށް ނުދެވޭ ކަމަށް ހެލްތް އިން ބުނެފައިވެއެވެ.

މީގެ އިތުރުން ވެލި ދަށުގައި މީހުން ވަޅުލެވިފައިވާއިރު ހަށިގަނޑުގެ ބައިތައް ވަނީ ފެނިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved