March 15, 2026
Advertisement
ރައީސް ޔާމީން ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ރައީސް ޔާމީން ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ / ތޭރަ އޮންލައިން

ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ފްރޮންޓް އޮފީސް ޖަލްސާއެއް މިރޭ!

Aminath Zara
އައިމިނަތު ޒާރާ
Sep 12, 2024, 02:34 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވަޑައިގަންނަވާ ޚާއްސަ ޖަލްސާއެއް ދަ ފްރޮންޓު އޮފީހުގައި މިރޭ އޮންނާނެ ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ހާމަކޮށްފިއެވެ.

Advertisement

ޕީއެންއެފް އިން ހާމަކޮށްފައިވާ ގޮތުގައި 12 ސެޕްޓެމްބަރވާ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ ޖަލްސާ އޮންނާނީ ހ. ދޫވެހި, ފުރަތަމަ ފަންގިފިލާގައި ހުންނަ އެ ޕާޓީގެ އޮފީހުގައެވެ.

ޖަލްސާ ފެށޭނީ ރޭގަނޑު 8:45ގައި ކަމަށް ޕީއެންއެފް އިން ވަނީ މައުލޫމާތު ދީފައިއެވެ.

ޕީއެންއެފްއިން ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގައި ގައުމަށް ދިމާވެފައިވާ މައްސަލަތައް ފާހަގަކޮށް ސަރުކާރު ބާރުވެެރިކުރުވުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވެއެވެ.

އަދި ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް ސަރުކާރުން ހިންގަމުންދާ ނޭދެވޭ އަދި ނުރަނގަޅު ސިޔަަސަތުތައް ފާހަގަކޮށް ބިނާކުރަނިވި ފާޑުކިޔުންތައް ފާހަގަކުރެއެވެ.

މީގެ އިތުރުން، މި ޖަލްސާތަކަށް އާންމުންގެ ބޮޑު ތަރުހީބު ލިބެމުންދާކަންވެސް ފާހަގަކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved