March 21, 2026
Advertisement
ކުރީގެ ސީޕީ ހުސެއިން، ޕީއެންއެފް ޖަލްސާގައި
ކުރީގެ ސީޕީ ހުސެއިން، ޕީއެންއެފް ޖަލްސާގައި / ތޭރަ އޮންލައިން

ކޮށްދޭން ބުނި ގިނަ ކަންކަން އުނބަށް ޖަހައިފި: ހުސައިން

Aminath Zara
އައިމިނަތު ޒާރާ
Sep 13, 2024, 04:47 PM
މާލެ ސިޓީ

ގައުމަށްޓަކައި، ރައްޔިތުންނަށްޓަކައި ދިވެހީންގެ ރާއްޖެއެއް ގާއިމުކޮށްދެއްވާނެ ކަމަށް ރިޔާސީ އިންތިޚާބުގެ ދުވަސްވަރު މިހާރުގެ ރައީސް މުއިއްޒު ގޮވާލެއްވި އަޑު އަދިވެސް ދިވެހިންގެ ކަންފަތުގައި އަދިވެސް ގުގުމަމުންދާ ކަމަށާއި ނަމަވެސް ކޮށްދެއްވާނެ ކަަމަށް ބުނި ގިނަ ކަންކަން އުނބައް ޖަހައިފި ކަމަށް ކުރީގެ ސީޕީ ހުސައިން ވަހީދު ވިދާޅުވެއްޖެއެވެ.

Advertisement

ހުސައިން މިހެން ވިދާޅުވީ ރޭ ޕީއެންއެފްއިން ބޭއްވި ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ހުސައިން އިތުރަށް ވިދާޅުވީ އެއިރުގައި ޕީޕީއެމް/ޕީއެންސީ މަސައްކަތް ކުރެއްވީ ވަކި ފިކުރެއް ވަކި އަޒުމެއްގައި ކަމަށާއި ނަމަވެސް ބަޔަކު އެޔަށް ޚިޔާނާތްތެރިވީކަމުގައެވެ.

މިގޮތުން އޭރު ވިދާޅުވަމުން ގެންދެވީ ރާއްޖޭގައި ގާއިމުވެފައިވާ ބޭރުގެ އަސްކަރިއްޔާތައް ގައުމުން ފޮނުވާލާނެ ކަމަށާއި، ގޮތް ނޭގޭ ބައިވަރު ސިއްރު އެގްރީމެންޓްތަކެއް ކުރީ ސަރުކާރުން ގެންގުޅުމުގެ ސަބަބުން ދެފުށް ފެންނަ ސަރުކާރެއް ގާއިމުކޮށްދެއްވާނެ ކަމަށާއި، ހުސްނުވާ އާސަންދަ ލިބޭނެ ކަމަށާއި، ރާއްޖެއިން ގެއްލުނު ކަނޑުގެ ސަރަހައްދު ހޯއްދަވާދެއްވާނެ ކަމަށާއި އަދި ރައީސް ޔާމީނާއި ދޭތެރޭ ގާނޫނީ ހަމައިން ބޭރުން ކުރަމުން ދިޔަ ކަންކަން ހުއްޓާލާނެކަަމަށެވެ.

ނަމަވެސް މިއިން އެއްވެސް ކަމެއް ވެރިކަމަށް އަހަރެއް ވާން ގާތްވެފައިވީއިރު ކޮށްދެވިފައިވާ ނުވާ ކަމަށް ހުސައިން ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެންގެ ސުވާލަކީ ކުރީ ސަރުކާރާއި އެއް ގޮތަށް ކީއްވެގެން ހެއްޔޭ މި ސަރުކާރުގެ އުޅުމާއި ގުޅުން ގެންގުޅެނީ. އެ އެއްޗެހިތައް ބަދަލު ނުކުރަންޏާ ކުރީ ސަރުކާރެކޭ މި ސަރުކާރެކޭ ނެތް އެއްވެސް ތަފާތެއް.

ސީޕީ ހުސައިން ވިދާޅުވިއެވެ.
ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved