April 30, 2026
Advertisement
ޣައްޒާ
ޣައްޒާ / އޭއެފްޕީ

ފަލަސްތީނުގެ އެތައް ބަޔަކު ކޮންމެ ދުވަހަކު ހަމަލާތަކުގައި ޝަހީދުވަނީ

Aminath Zara
އައިމިނަތު ޒާރާ
Sep 13, 2024, 05:19 PM
މާލެ ސިޓީ

މިގޮތުން ފާއިތުވި 24 ގަޑި އިރު ތެރޭގައިވެސް ސަހްޔޫނީންގެ ޓޭންކަކުން ގެއަކަށް ދިން ބޮމުގެ ހަމަލާގައި ކުޑަކުދިން ހިމެނޭހެން 05 މީހަކު ޝަހީދުވެފައިވާކަމަށް ފަލަސްތީނު އިންފޮމޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.

Advertisement

މިދިޔަ އަހަރު އޮކްޓޯބަރު 07 ވަނަ ދުވަހު ހުއްޓުމެއްނެތި ފެށުނު ހަނގުރާމައިގައި ފަލަސްތީނުގެ އެތައް ހާސް ބަޔަކު ކޮންމެ ދުވަހަކު ސަހްޔޫނީންގެ ހަމަލާތަކުގައި އަންނަނީ ޝަހީދުވަމުންނެވެ.

މިފަދަ ހަމަލާތަކުގައި ކުޑަކުދިން ޝަހީދުވާ މިންވަރު އިތުރުވަމުން އަންނައިރުކަނޑައެޅިފައިވާ ސަލާމަތީ ސަރަހައްދުތަކަށް ސަހްޔޫނީންގެ ހަމަލާތައް އަންނަނީ ވަރުގަދަ ކުރަމުންނެވެ.

މީގެއިތުރުން، ސަހްޔޫނީން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެގައުމުގެ އިގްތިސާދުގެ ގާތްގަނޑަކަށް ހުރިހާ ދާއިރާއަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، ފަތުރުވެރިކަން ހުއްޓުމަކަށް އައިސް، ބޭނުންކުރުމާއި ވިޔަފާރީގެ އިތުރުން ބޭރުގެ އިންވެސްޓްމަންޓްތައް ދަށަށް ގޮސްފައިވާ ކަން އެ ގައުމުގެ ކަމާއި ބެހޭ އިދާރާތަކުން އަންނަނީ ފާހަގަކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved