March 23, 2026
Advertisement
ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު
ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު / ތޭރަ އޮންލައިން

ވެރިކަމަކީ ވަގުތީ ބާރެއް،ނިދާ ހޭލާއިރު ބަދަލުވެދޭ: މަލީހް

Aishath Naja
އައިޝަތު ނަޖާ
Sep 17, 2024, 01:06 AM
މާލެ ސިޓީ

ވެރިކަމަކީ ވަގުތީ ބާރެއްކަމަށާއި އެއީ ނިދާ ހޭލާއިރު ބަދަލުވެދާނެ އެއްޗެއް ކަމަށް ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ޖަމީލް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

މަލީހް މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން އެ ޕޯސްޓްގައި މަލީހް ވިދާޅުވީ ހޯމަ ދުވަހުގެ ރޭ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެޑައިގަންނަވާ ޖަލްސާ ވެގެންދާނީ ފޯރިގަދަ ޖަލްސާއެއްކަމަށެވެ.

ޖަލްސާ ފޯރިގަދަ ވެގެންދާނެކަމަށް ފާހަގަކުރައްވާ މަލީހް ވިދާޅުވީ ބޭއިންސާފަކީ ބޭއިންސާފުކަމަށެވެ.

ދޮގަކީ ދޮގު ކަމަށާއި އޮޅުވާލުމަކީ އޮޅުވާލުން ކަމަށް މަލީހް ވިދާޅުވިއެވެ. މަލީހް މި މޭރަމުން ވާހަކަދައްކަވާފައި މި ވަނީ ރައީސް ޔާމީންގެ މައްޗައް ކުރީ ސަރުކާރުން ކޮށްފައިވާ ދައުވާ އަކީ ސިޔާސީ ދައުވާއެއްކަމަށް އަޑު ހަރުކޮށް ބުނަމުން އައި ފަރާތްތަކެއް، މިއަދު އެމަނިކުފާނުގެ ހުސް ގޮނޑިއާއި ފޮޓޯފުޅު ދައްކައިގެން ވެރިކަމަށް އައުމަށްފަހު ކުރީ ސަރުކާރުން ކުރި އަނިޔާ ތަކުރާރުކޮށް ކުރަމުންގެންދާތީއެވެ.

އެހެންކަމުން މަލީހް ވިދާޅުވީ މަކަރަކީ މަކަރު ކަމަށާއި ވެރިކަމަކީ ވަގުތީ ބާރެއްކަމަށެވެ. އެ ވެރިކަމަކީ ނިދާ ހޭލާއިރު ބަދަލުވެދާނެ އެއްޗެއްގެ ގޮތުގައި ވެސް މަލީހް ވަނީ ފާހަގަކުރައްވާ އަދުގެ ސަރުކާރަށް ނަސޭހަތެއް ދެއްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved