March 23, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ސަރުކާރުގެ ކޮންމެ ކަމެއް ދަނީ ފައިސާ ނަގާ އުސޫލުން: ރައީސް ޔާމީން

Aishath Naja
އައިޝަތު ނަޖާ
Sep 20, 2024, 04:04 AM
މާލެ ސިޓީ

މި ސަރުކާރުގެ ކޮންމެ ކަމެއް ދަނީ ފައިސާ ނަގާ އުސޫލުންކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފާޑުވިދާޅުވެއްޖެ އެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ ފްރޮންޓް އޮފީހުގައި ބުރާސްފަތި ދުވަހުގެ ރޭ ކުރިޔަށްދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން މި ސަރުކާރުން ހިންގާ ކޮންމެ ޕްރޮޖެކްޓެއްގައި ސަރުކާރުގެ ވަޒީރުންނާއި ބޮޑުން ހިމެނޭކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ފާޑުކިޔުން އަމާޒުކުރައެްވާފައެވެ. ސަރުކާރުގެ ކޮންމެ ކަމެއްދަނީ ފައިސާ ނަގާ އުސޫލުންކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޕްރޮޖެކްޓްތައް ކުރިޔަށް ގެންިދައިރު ސަރުކާރުގެ ތެރެއިން ބަޔަކު ފައިސާ ނަގާކަމަށް ތުހުމަތުކުރައްވާ ފައިސާ ނަގާކަން ރައީސް ޑރ.މުހައްމަދު މުއިއްޒަށް ވެސް އެނގިވަޑައިގަންނަވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.ރައީސް މުއިއްޒަށް ފައިސާ ނަގާކަން އެނގިހުރެ ވެސް ފިޔަވަޅު ނާޅުއްވާ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ވަޒީރުން ކޮޅެއް، ސަރުކާރުގެ ބޮޑުން ކޮޅެއް ފައިސާ ނަގާ. މިކަން ވެރިޔަކަށް ހުންނަވާ މީހާއަށް ވެސް އެނގޭ. އެކަމަކު އެ ބަޔަކަށް ފިޔަވަޅު އަޅާކަަށް ނުވެސް ވިސްނާ.

ރައީސް ޔާމީން ވިދާޅުވިއެެވެ.

އިތުރަށް އެމަނިކުފާނު ވަނީ ޕޯޓު ތަރައްގީކުރަން ރާއްޖޭގެ މާލިއްޔަތުން ޖާގަ ނުދޭކަމަށް ބުނެ ބޭރުގެ ބަޔަކަށް ޕޯޓު ވިއްކާލުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ވަރުގެ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ މި ސަރުކާރުން ހިންގާ ކޮންމެ ޕްރޮޖެކްޓެއްގައި ވެސް "ކަޓު" ނަގާކަން ހާމަވާކަމަށެވެ. އެމަނިކުފާނު ވަނީ މި ސަރުކާރުން ރާއްޖޭގެ ކަނޑުގެ މައި ބަނދަރު ބޭރުގެ ކުންފުންޏަކަށް ދިނުމުގައި މަޝްވަރާތައް ކުރަމުން ގެންދާތީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved