April 14, 2026
Advertisement
މަލީހް ޖަމާލް
މަލީހް ޖަމާލް / ތޭރަ އޮންލައިން

ރައީސް މުއިއްޒު ނިއުޔޯކްގައި އުޅުއްވަނީ ފޮޓޯ ޝޫޓެއްގައި: މަލީހް

Aishath Naja
އައިޝަތު ނަޖާ
Sep 26, 2024, 04:06 PM
މާލެ ސިޓީ

އދ އަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އުޅުއްވަމުން ގެންދަވާ ގޮތައް ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ފާޑުވިދާޅުވެއްޖެ އެވެ.

Advertisement

މަލީހް މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން މަލީހް ވިދާޅުވީ ރައީސް މުއިއްޒު އދ ގައި ދެއްކެވި ގިނަ ވާހަކަތަކަކީ އެމަނިކުފާނުގެ އިސްކޮޅަށް ވުރެ ދިގު ވާހަކަތަކެއްކަމަށެވެ.

ރައީސް މުއިއްޒު އދގައި ތަގްރީރު ކުރައްވަމުން ދުނިޔޭގެ ވާހަކަތައް ގިނައިން ފާހަގަކުރެއްވުމުން މަލީހް ވިދާޅުވީ ދުނިޔެ އިސްލާހުކުރަން އުޅުއްވުމަށް ވުރެ ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެންވަދަން ރައީސް މުއިއްޒު މަސައްކަތްކުރައްވަން ޖެހޭކަމަށެވެ.

މަލީހް އިތުރަށް ވިދާޅުވީ ނިއުޔޯކުގައި ރައީސް މުއިއްޒު އުޅުއްޗަނީ ފޮޓޯ ޝޫޓެއްގައިކަމަށެވެ.

މަލީހްގެ އިތުރުންވެސް ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved