

ރައީސް ޔާމީންގެ ހުސްގޮނޑީގެ ނިވަލުގައި އަހަރެއްކުރިން ވެރިކަމަށް ވަޑައިގެން ރައީސް ޑރ މުހައްމަދު މުއިއްޒަށް މިއަދު ވަނީ ރައްޔިތުންގެ ރުޅިވެރިކަމާ ނަފްރަތު އަމާޒުވެފައި ކަމަށް ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހް މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަައެވެ.
އެގޮތުން މަލީހް ވިދާޅުވީ ރައީސް މުއިއްޒު ވެެރިކަމުން ބާލައިދިނުމަށް އެދޭ ރައްޔިތުން ގިނަކަމަށެވެ.
އޭގެފަހަތުގައި ވަނީ ރައީސް މުއިއްޒުގެ ހިޔާނާތާއި ދޮގު އަދި ވައްކަންކަމަށް މަލީހް ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީންގެ ހުސްގޮނޑި ދައްކައިގެން ވެރިކަމަށް އައުމަށް ރައްޔިތުންނަށް އޮޅުވާލާ ހިޔާނާތްތެރިވަމުން ގެންދާތީ ރައީސް މުއިއްޒަށް ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ ފާޑުކިޔަމުންނެވެ.