March 23, 2026
Advertisement
ރައީސް ޔާމީން، ޕީއެންއެފް ޖަލްސާގައި
ރައީސް ޔާމީން، ޕީއެންއެފް ޖަލްސާގައި / ތޭރަ އޮންލައިން

ގާނޫނުތަކާ ތަންފީޒީ އިދާރާތައް މިއަދު ވަނީ ވާވެފައި: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Sep 30, 2024, 06:55 PM
މާލެ ސިޓީ

ދިވެހިރާއްޖޭގައި ކިތަންމެ ގާނޫނުތަކެއް ހުރި ނަމަވެސް އަދި ތަހުގީގީ، ތަންފީޒީ އިދާރާތައް ހުރިނަމަވެސް އެހުރިހާ ކަމަކާ އަދި އިދާރާތައް ވެސް ވަނީ ވާވެފައި ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފް އޮފީހުގައި އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވަނީ ގައުމުގެ ބޮޑުންގެ ތެރޭގައި ކޮރަޕްޝަންގެ މޫލާފައިވާ ކަމަށާ ނަމަވެސް އެކަންކަން ބެލުމަށް ސަރުކާރު ނުކުޅެދިފައިވާކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ، ރައީސް މުއިއްޒުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ތިއްބެވީ ކޮރަޕްޝަންގެ ހުތުރު އަމަލުން ފަސްބައި ކިލަނބުވެފައި ތިބި ބޭފުޅުން ނަމަވެސް ރައީސް މުއިއްޒަށް އެކަންކަން ބައްލަވަން ކެރިވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި ކިތަންމެ ގާނޫނެއް ހެދިފައި ހުރި ނަމަވެސް ކިތަންމެ ގިނަ ތަހުގީގީ އިދާރާތައް ހުރި ނަމަވެސް އެބޭފުޅުންގެ މައްސަލަ ނުހިނގާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ގައުމު ހިންގަން ތިބި އިސް މީހުންނާ ބޭހޭގޮތުން މިވަރުގެ ތުހުމަތުތައް އަބަދު އަބަދު އެނބުރޭ ކަމަށް ވަންޏާ އަޅުގަޑުމެން ވެސް ބޭނުން އެބޭފުޅުން އެކަންކަމުން ބަރީއަ ކުރަން. ބަރީއަ ކުރެވޭނީ ތަހުގީގުކޮށްގެން ނޫންތޯ

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވި ނޫސްތަކުގެ ފަލަ ސުރުހީތަކުން ސަރުކާރުގެ ވެރިންނާ ގުޅުވާ ދައްކަމުންދާ ކޮރަޕްޝަންގެ ވާހަކަތަކަށް ރައީސް އޮފީހުން ތަރުޖަމާނު ހީނާ ވަލީދު ކޮންމެވެސް ޖަވާބެއް ދެއްވަން ޖެހޭ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved