April 17, 2026
Advertisement
މަލީހް ޖަމާލް
މަލީހް ޖަމާލް / ސޯޝަލް މީޑިއާ

މަލީހް އަމީނަށް: ތިޔަ އެކްޓްކުރައްވަނީ މޯލްޑިވިއަންގެ ފްލައިޓް އޮޕަރޭޝަންސް ޑައިރެކްޓަރހެން

Aishath Naja
އައިޝަތު ނަޖާ
Oct 2, 2024, 05:30 PM
މާލެ ސިޓީ

ސީޕްލޭންގެ ހިދުމަތް ރަނގަޅު ކުރަންކަމަށް ބުނެ އައު ކުންފުންޏެއް އުފެެއްދުމަށް ސަރުކާރުން ނިންމެވުމާއެކު ޓްރާންސްޕޯޓް މިނިސްޓާރ މުހައްމަދު އަމީނަށް ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ފާޑުވިދާޅުވެއްޖެ އެވެ.

Advertisement

މަލީހް މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން މަލީހް ވިދާޅުވީ މިނިސްޓަރ އަމީން މައިގަނޑު މެންޑޭޓް ކުރިއަރުވާތަން ނުފެންނަކަމަށެވެ. އަދި ސީޕްލޭންގެ ހިދުމަތް ރަނގަޅު ކުރުމުގެ ނަމުގައި އެމްއޭސީއެލްއާއި މޯލްޑިވިއަނުން ހަދަންއުޅޭ ޖޭވީއަކީ މޯލްޑިވިއަނުން އެމްއޭސީއެލްއަށް ދައްކަންޖެހޭ އެތައްސަތޭކަ މިލިއަން ރުފިޔާ ނުދައްކާ ފަށަލަކޮށްލަން ހިންގާ ޖަރީމާއެއް ކަމަށް ވެސް މަލީހް ވަނީ ޕޯސްޓްގައި ތުހުމަތު ކުރައްވާފައެވެ.

ސީޕްލޭން އޮޕަރޭޝަނަކީ އިންއިފެކްޓިވް ގެއްލުމުގައި ހިންގާ އޮޕަރޭޝަނެއްކަމަށް ވެސް މަލީހް ވަނީ ވިދާޅުވެފައެވެ.

އޭގެއިތުރުން އެމްއޭސީއެލްއިން ފްލައިޓް އޮޕަރޭޝަނަށް ވަނުމަކީ އެއަރޕޯޓް ހިންގާ ފަރާތުގެ ހުންނަންޖެހޭ ހަމަހަމަކަން ގެއްލޭ ކަމެއްކަމަށް ވިދާޅުވެ މަލީހް ވަނީ އެކަން ކުރައްވަން ނިންމަވާފައިވަތީ ފާޑުވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved