February 28, 2026
Advertisement
އާރަށު މައްސަލަ އަލުން ފަށަނީ
އާރަށު މައްސަލަ އަލުން ފަށަނީ / ސޯޝަލް މީޑިއާ

ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ޕީއެންއެފްގެ ޖަލްސާ އެއް މިރޭ އޮންނާނެ

Mariyam Isaadha
މަރިޔަމް އިސާދާ
Oct 3, 2024, 05:44 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ބައިވެރިވަޑައިގަންނަވާ، ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ޖަލްސާއެއް މިރޭ އޮންނާނެ ކަމަށް އެ ޕާޓީއިން ހާމަކޮށްފިއެވެ.

Advertisement

އެ ޕާޓީއިން ހާމަކޮށްފައިވާ ގޮތުގައި 03 އޮކްޓޯބަރު ވާ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ ޖަލްސާ އޮންނާނީ ހ. ދޫވެހި، ފުރަތަމަ ފަންގިފިލާގައި ހުންނަ އެ ޕާޓީގެ އޮފީހުގައެވެ.

ޖަލްސާ ފެށޭނީ ރޭގަނޑު 8:45ގައި ކަމަށް ޕީއެންއެފް އިން ވަނީ މައުލޫމާތު ދީފައިއެވެ.

ޕީއެންއެފްއިން ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގައި ގައުމަށް ދިމާވެފައިވާ މައްސަލަތައް ފާހަގަކޮށް ސަރުކާރު ބާރުވެެރިކުރުވުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް ސަރުކާރުން ހިންގަމުންދާ ނޭދެވޭ އަދި ނުރަނގަޅު ސިޔަަސަތުތައް ފާހަގަކޮށް ބިނާކުރަނިވި ފާޑުކިޔުންތައް އަމާޒުކުރެއެވެ.

މި ޖަލްސާތަކަށް އާންމުންގެ ބޮޑު ތަރުހީބު ލިބެމުންދާކަންވެސް ފާހަގަކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved