March 14, 2026
Advertisement
އުރީދޫގެ އަހަރީ ބައްދަލުވުން 2023 ގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް
އުރީދޫގެ އަހަރީ ބައްދަލުވުން 2023 ގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް / އުރީދޫ

އޫރީދޫގެ އަހަރީ ޖަލްސާ މާރިޗު މަހުގައި ބޭއްވުމަށް ހަމަޖެހިއްޖެ

Hanaan Naeem
ހަނާން އަހުމަދު ނަޢީމް
Jan 31, 2024, 11:23 PM
މާލެ ސިޓީ

ކޮންމެ އަހަރަކު ވެސް ބާއްވާ އުރީދޫގެ އަހަރީ އާންމު ޖަލްސާ މިއަހަރުވެސް މާރޗު މަހުގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

Advertisement

އޫރީދޫއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، އެ ޖަލްސާގައި ބައިވެރިވެ ވަޑައިގެން ހިއްސާދާރުންނަށް 2023 ވަނަ އަހަރުގެ ހިއްސާގެ ފައިސާވެސް ލިބިގެންދާނެއެވެ.

އެގޮތުން އޫރީދޫއިން ބުނެފައިވާ ގޮތުން ހިއްސާދާރުންނަށް ހިއްސާ ލިބޭނީ، 15 ފެބްރުއަރީ 2024 ވަނަ ދުވަހުގެ މެންދުރު 02:00 ގެ ކުރިން އޫރީދޫގެ ހިއްސާދާރުންގެ ގޮތުގައި ރަޖިްސްޓްރީވެފައިވާ ފަރާތްތަކަށެވެ.

މީގެ އިތުރުން، އަމިއްލަފުޅަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް އަހަރީ އާންމު ޖަލްސާގައި ބައިވެރިވެ ވަޑައިގެން ފާސްކުރުމަށް ހުށައަޅާފައިވާ އެޖެންޑާ އައިޓަމްތަކަށް ވޯޓު ދެވޭނެކަމަށް ވެސް އުރީދޫއިން ވަނީ ހާމަކުރައްވާފައެވެ.

އުރީދޫ މޯލްޑިވްސް އިން މިއަހަރު ބޭއްވުމަށް ހަމަ ޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ އެޖެންޑާ އަދި ޖަލްސާގެ ނޯޓިސް އުރީދޫގެ ވެބްސައިޓު އާންމުކުރެވޭނެ ކަމަށް ވެސް އުރީދޫއިން ވަނީ މައުލޫމާތު ދީފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved